ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ބައްދަލު ކުރި މެޗުގެ ތެރެއިން – ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް / އަމީން ފަހުމީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ADS BY SONEE SPORTS

ފަލަސްތީނުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 1-8 އިންނެވެ.

ފަލަސްތީނުން ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކިއިރު މެޗުގެ ފުރަތަމަ ހާފް އެޓީމުން ނިންމާލީ ހަތަރު ގޯލުގެ ލީޑަކާއެކުއެވެ. މި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޔޫސުފްއެވެ. އަނެއް ދެ ގޯލު ފަލަސްތީނަށް ކާމިޔާބުކޮށްދިނީ ހައިތަމް ދީބް އާއި ސަމާހް މަރާބާއެވެ.

މެޗުގެ 51 ވަނަ މިނެޓްގައި އިސްމާއިލް އީސަ ރާއްޖެ އަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް އޭގެ ދެ މިނެޓްފަހުން ސަމާހު ވަނީ ފަލަސްތީނުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފަލަސްތީނުގެ ހަވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި އިސްމާއިލް އަލަމޫރް ކާމިޔާބުކޮށްދިންއިރު ހަތްވަނަ ގޯލު އޭގެ ދެ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ތާއިރް ޖެބޯއެވެ. ފަލަސްތީނުގެ ފަހު ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަވަނަ ގޯލުވެސް ކާމިޔާބުކޮށްދިން އިސްމާއިލްއެވެ.

މި މެޗާ ކުރިމަތިލީއިރު ވެސް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް އޮތީ ގެއްލިފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ އެއްވަނައިގައި 15 ޕޮއިންޓާއެކު ފަލަސްތީނު އޮތްއިރު 12 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އޮމާންއެވެ. ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ރާއްޖެއެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޫޓާންއެވެ.

ADS BY SHEESHA

ކޮލިފިކޭޝަންގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެންމެ މެޗެއް ކަމަށްވާއިރު ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބޫޓާންއާއެވެ. އެ މެޗު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.

ADS BY ASTERS

5 ކޮމެންޓް

  1. އައްލޯ އާމިރު

    17 ވެސް ޖަހަން ވީ ، މިހާރު ހަމަ ކަޑަ

  2. މީގެން އެނގެނީ ރާއްޖެމީހުންގެ ފޮނިކަމާއި ބޮޑާކަން..

  3. ޢެފް އޭމް ދޮށައް އެއްވާން ފެނޭ!!!

  4. ދެންވީ ކޯޗު ވަކިކުރަން 😂

  5. މީގެން އެނގެނީ އެފް.އޭ.އެމް.ގެ ކަޑަކަން.