ވޯލްޑްކަޕް ސްކޮޑާއެކު ރަޝިއާގައި ހުއްޓާ ޑެންމާކުގެ ކުޅުންތެރިއެއް ކަމަށްވާ ޖޯނަސް ނަޑްސަންއަށް ދަރިއަކު ލިބުމުން ދަރިފުޅުގެ މޫނު ދެކިލުމުގެ ފުރުސަތު ދިނުމަށް އޭނާގެ ޓީމް މޭޓުން ޕްރައިވެޓް ޖެޓެއް ޗާޓާ ކޮށްދީފިއެވެ.

25 އަހަރުގެ ޑިފެންޑާރ، ނަޑްސަންގެ ދަރިފުޅު ވިހާފައި ވަނީ އެ ކުއްޖާ ވިހާނެ ކަމަށް ޑޮކްޓަރުން ބުނި ތާރީހަށް ވުރެ ދެތިން ހަފްތާ ކުރިންނެވެ. އެހެން ކަމުން އޭނާ އެ ހަބަރު ވީ ހީނުކުރާ ފަދަ ހަބަރަކަށެވެ.

އެ ހަބަރު ލިބުމާއެކު ޑެންމާކުގެ އެހެން ކުޅުންތެރިންް ގުޅިގެން ވަނީ އޭނާއަށް ޕްރައިވެޓް ޖެޓެއް ޗާޓާ ކޮށްދީފައެވެ. އެހެން ކަމުން ނަޑްސަންއަށް ވަނީ އޭނާގެ ދަރިފުޅުގެ މޫނު ދެކިލުމުގެ ފުރުސަތު ލިބިފައެވެ.

މިކަން ހިނގާފައި ވަނީ ފާއިތުވި ހޮނިހިރު ދުވަހު ޕެރޫ އަތުން ޑެންމާކް މޮޅުވި މެޗަށް ފަހުއެވެ. ނަޑްސަން އެނބުރި ސްކޮޑާއި ގުޅުނީ ހޯމަ ދުވަހުއެވެ.

ޖެޓު ޗާޓާ ކުރުމާއި ގުޅޭ ގޮތުން ޑެންމާކުގެ ކީޕަރު ޕީޓާ ޝްމައިކަލް ބުނީ ކޮންމެ ޓީމުގެ ކޮންމެ މީހަކީވެސް ފުޓުބޯޅަ ކުޅުންތެރިިއެއްގެ އިތުރން އިންސާނެއް ކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރީ ޓީމުގައި ބައިވަރު ބައްޕައިން ތިބުމުން ނަޑްސަންގެ އިހުސާާސްތައް އެނގޭތީ ކަމަށް ދޭހަވާ ގޮތަކަށް އޭނާ ވާހަކަ ދެއްކިއެވެެ.

ނަޑްސަން އެނބުރި ސްކޮޑާއި ގުޅިފައިވާއިރު މިއަދު ޑެންމާކް ޕެރޫ އާއި ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން 17:00 ގައެވެ.