ޔޫރޯ ފުޓުބޯޅަ މުބާަރާތުގް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ފްރާންސް ކޮޅަށް ލަނޑުޖެހުމަށް ފަހު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނިކޮށް ކުޅިބަލަން ވަދެ ހުރި ސަޕޯޓަރަކު އޭނާގެ ބޮލުގައި ކޯޗު ފުޅިއަކުން ޖެހި މައްސަލަ ބޮޑުވެއްޖެއެވެ.

މިކަން ހިނގާފައިވާއިރު ޔޫރޯގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ މޭޒުމަތީގައި ބަހައްޓާފައި ހުރި ދެ ކޯކު ފުޅި ރޮނާލްޑޯ ނެގުމާއި ގުޅިގެން އެ ކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުމަކާއި ވަނީ ކުރިމަތިލާފައެވެ. އެ ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ ކޯކު ފުޅިތައް ދުރަށްލުމަށްފަހު ފެން ބޯން އިސްކަންދޭން ބުނެފައެވެ.

ރޮނާލްޑޯގެ ބޮލަށް ކޯކު ފުޅި އަމާޒުވެފައިވަނީ ފްރާންސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރުމަށް ފްރާާންސް ސަޕޯޓަރުން ތިބި ދިމާލަށް ދިޔަ ވަގުތުގައެވެ. ބޮލުގައި ކޯކު ފުޅި ޖެހުމާއި ގުޅިގެން ރޮނާާލްޑޯ ވަނީ ތަދު އިހުސާސުވެގެން ބޮލުގައި އަތް އަޅާފައެވެ. އަދި ރައްދެއްގެ ގޮތުން އެ ސަޕޯޓަރުންނާއި ދިމާލަށް ރޮނާލްޑޯ ކޮންމެވެސް އެއްޗެހިތަކެއް ކިޔާފައިވެއެވެ.

މިކަމާއި ގުޅިގެން ޕޯޗުގަލް ގައުމީ ޓީމުން ވަނީ މިކަން ޔުއެފާގެ ސަމާލުކަމަށް ގެނެސްފައެވެ. މި މައްސަަލައިގައި މިހާތަނަށް ޔުއެފާއިން ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފަހު އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެނަމަ އަޅާނެކަމަށް ވެސް ބުނެއެވެ.

މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ވަނީ ގިނަ ރެކޯޑުތަކެއް އާކޮށްފައެވެ. އެގޮތުން ރޭ ފްރާންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި އީރާންގެ އަލީ ދާއީ ހަދާފައިވާ 109 ލަނޑުގެ ރެކޯޑު އާކޮށްފައެވެ. އަދި އޭނާއަކީ މިހާރު ޔޫރޯގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜޮނާލްޑޯ

    އޭ މަށާ ބެހޭގޮތުން ކޮން ދޮގު ވާހަކަ އެ އް ތިފަތުރަނީ🤕

    1
    3
  2. ކޮކާކޯލާ

    ހަގީގަތާ ހިލާފު ދޮގު ހަބަރު ނުފަތުރަބަލަ، ރޮނާލްޑޯ އެދުވަހު ކޯކު ފުޅި ނެގިއިރުވެސް ސްޓޮކު މާކެޓުގަ ކޯކުގެ ހިއްސާވަނީ އޭގެ ކުރީދުވަހުގެ މަރކެޓު ބަންދުވިއިރު ހުރިވަރާ ބަލާފަ ދަށްވެފަ.. ރޮނާލްޑޯ ނެގިކަމަށްތިޔަބުނާ ކޯކު ފުޅިތަށް ނެގިވަގުތުން ފެށިގެން އެދުވަހުގެ މަރކެޓު ބަންދުވުމާ ހަމަޔަށް އަނެއްކާވެސް ވަނީ މަތިވެފަ، އެކަމަކު އޭގެ ކުރީ ދުވަހު ބަންދުވިއިރު ހުރިވަރު ހަމަ ނުވޭ، މަށައްހީވަނީ މަތިވި ތަންކޮޅު މަތިވީ ރޮނާލްޑޯ އެދެފުޅި ކޯކު އެތަނުން ނެގީމަހެން...