ޖަޕާނުގެ ޓޯކިޔޯގައި އަންނަ މަހު ފަށާ އޮލިމްޕިކްސްގެ އެތްލެޓިކްސް އިވެންޓުގައި ރާއްޖެއިން ވާދަކުރާ އެތްލީޓަކަަށް ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖެހިއްޖެ އެވެ.
މިފަހަރުގެ އޮލިމްޕިކްސް އިން ސާއިދަށް ޖާގަ ލިބުނީ ޝޯޓްލިސްޓުކުރި ހަ ދުވުންތެރިންގެ ތެރެއިންނެވެ. އެއީ ސާއިދުގެ އިތުރުން އަޙްމަދު ނަޖުދާން އަބްދުﷲ އާއި، އިބާދުﷲ އާދަމާއި، އައިޝަތު ހިމްނާ ހަސަނާއި، އައިޝަތު ޝަބާ ސަލީމް އަދި މަރިޔަމް ރޫޔާ އަލީ އެވެ.
މީގެތެރެއިން އޮލިމްޕިކްސްގައި ވާދަކުރާ އެތްލީޓު ހޮވުމަށް ބޭއްވި ޓައިމް ޓްރަޔަލްތަކުގައި ބައިވެރިވީ ސާއިދުގެ އިތުރުން އަންހެން ދުވުންތެރިޔާ ހިމްނާ އެވެ. ސާއިދަށް ކުރި ލިބުނީ ޓައިމް ޓްރަޔަލްގައި އޭނާގެ ޓައިމިން އަށް ބެލުމަށްފަހު އެވެ.
މި އޮލިމްޕިކްސްގެ ބެޑްމިންޓަން އާއި ފެތުމުން ވެސް ރާއްޖެއިން އެތްލީޓެއް ވާދަކުރެއެވެެ. އެއީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އެވެ. މިއީ އޮލިމްޕިކްސްގައި އޭނާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާންއަށް ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވެއެވެ. ފެތުމުގައި ވާދަކުރަނީ އާއިޝަތު ސައުޝަން އާއި އަލީ އިމްއާން އެވެ.
ސާއިދު ވަނީ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކޮށް ޕްރީލިމިނަރީ ބުރުން އެއްވަނަ ހޯދާފައެވެ. ފުރަތަމަ ބުރުގައި އެފަހަރު ސާއިދު ވާދަކުރީ ދުނިޔޭގެ އެއްވަނަ ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޮލްޓް އާއި އެއް ބުރެއްގައެވެ. ސާއިދަކީ މި ބުރު ފަހަނައަޅާދިޔަ ދެކުނު އޭޝިއާގެ ފުރަތަމަ ދުވުންތެރިޔާ އެވެ.
މީގެއިތުރުން ސާއިދު ވަނީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްގެ ދުވުމުގެ އިވެންޓުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަންމެޑަލް ހޯދާފައެވެ. މިއީ މި ގޭމްސްއިން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ.
މީދެން ކާކު.... ހަމައެމަނި ދުވަން ދައުލަތުގެ ވަޒީފާގައި ރާއްޖެއިން ބޭރުގައި އަބަދު ތަމްރީނުހޯދަން....
މީނާ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ޓީމްވެސް ސިފައިންގެއިން ވަޒީފާ ދީފަ ހަމައެކަނި ކުޅެން ބައިތިއްބަބަލަ... ރަން މެޑަލް ގެންނާނެ...
މުނާސަބު ވަޤުތެއްގަ... އޮއްޓަރު ހުރި ބަސްތަކެއް
މީނައެއް ނޫންތަ ތިކަހަކަ ސިލެކްޝަން ކޮމިޓީޢަށް ވޯޓިންރައިޓްސްއާއިއެކު އެހަކަށް ދުވަހު ހޮވުނީ؟