މިރޭ ކްރޮއޭޝިއާ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުން ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ދަށްވި މެޗްގައި ގިނަ ރިކޯޑްތަކެއް ހަދައިފިއެވެ. މިމެޗް ކްރޮއޭޝިއާއިން ކާމިޔާބުކޮށްފައިވަނީ 0 - 3 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު ކްރޮއޭޝިއާ ވަނީ ގުރޫޕް ސްޓޭޖްގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ތިން ގޯލުގެ ތަފާތަކުން އާޖެންޓީނާ މިރޭ ބަލިވިއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު މެޗަކުން އާޖެންޓީނާ މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ. އެފަހަރު ޗެކަސްލޯވާކިޔާ އާއި ބައްދަލުކޮށް އާޖެންޓީނާ ދަށްވެފައިވަނީ 0-6 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން މިއީ 1974 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން އާޖެންޓީނާ އަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ހަމަ އެހެންމެ މިއީ 1998 ވަނަ އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ކްރޮއޭޝިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ދެ ޓީމަށްވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މެޗްގެ ފަހު ހާފުގައި ކްރޮއޭޝިއާ އިންވަނީ 3 ގޯލް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟާނު

    1998ވަނަ އަހަރު ވޯލްޑްކަޕް އޮތބާ ކޮންތާކުބާއޮތީ

    • ހުސޭނުބޭ

      ފްރާންސްގައި

    • ޫޮުޔޫތު

      ފުރާންްްްެެެސްގަ

    • ޫޔޫތު

      ފުރާންސުގަ

  2. ޫޔޫތު

    ފުރާންސުގަ