ކްރޮއޭޝިއާ އަތުން ލަދުވެތި ގޮތަކަށް ބަލިވެ، ދެވަނަ ބުރަށް ދަތުރު ކުރުމުގެ އަމިއްލަ ބާރު ގެއްލިފައިވާ އާޖެންޓީނާ އަށް ރޭގެ މެޗްގައި ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ "މެސީ ގެއްލުން" ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެފިއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އާޖެންޓީނާގެ ކޯޗް ޖޯޖް ސަމްޕައޮލީ ގޭމް ޕްލޭން ރާވާފައި އޮތް ގޮތުން މެސީ އަށް އެކަށީގެންވާ ގޮތާއި ގާތައް ވެސް ނުކުޅެވުނުއިރު މެސީ ހުރީ މުޅި މެޗްގައި ވެސް "ނިޒާމުން ގެއްލިފައެވެ."

އާޖެންޓީނާގެ ގޯލްކީޕަރު ކަބަލޭރޯ ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގާ ކްރޮއޭޝިއާ އިން ފުރަތަމަ ލަނޑު ޖަހާ އަދި އޭގެ ފަހުން އާޖެންޓީނާގެ ކޮޅަށް ދެލަނޑު ޖެހިއިރު ވެސް އާޖެންޓީނާ އާއި މެސީ އަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

ކަބަލޭރޯ އަށް އާޖެންޓީނާ ޓީމުން ފުރުސަތު ދިނުމުން ކުރިން ވެސް ސަމްޕަައޮލީ އަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ. ރޭ ކްރޮއޭޝިއާ އަތުން ބަލިވުމުން ސަމްޕަައޮލީ އަށް އިތުރަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު ބަލިވާން ދިމާވި އެންމެ ބޮޑު މައްސަލައަކީ އޭނާ ޓީމް ރާވާފައި އޮތްގޮތް ކަމަށް ބައެއް މީހުން ބުނެއެވެ.

މެސީ އަށް އެކަށީގެންވާ ގޮތެއްގައި ބޯޅަތައް ފޯރުކޮށް ދެވިފައި ނުވާތީ ނޫސްވެރިން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ސަމްޕައޮލީ ބުނީ މެސީ އަށް ބޯޅަތައް ފޯރުކޮށްދިނުމަށް އިދިކޮޅު ޓީމުން ވެސް ވަރަށް ރަނގަޅަށް ހުރަސް އަޅަމުން ގެންދިޔަ ކަމަށާއި އެހެންކަމުން އެންމެ ރަނގަޅަށް މެސީ އަށް ނުކުޅެވުނު ކަމަށެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މައްސަލައަކީ މެސީ ކުޅުވި މަގާމެވެ.

"ބައެއް ކުޅުންތެރިންނަށް އަހަރެންގެ ސިސްޓަމަކަށް ނުކުޅެވޭ. އަހަރެންނަށް އެންމެ ރަނގަޅަށް އަހަރެންގެ ޓީމް ތައްޔާރެއް ނުކުރެވުނު." ކޯޗް ސަމްޕައޮލީ ބުންޏެވެ.

މެސީ އަށް ވެސް މިހާރު ފާޑުކިޔުން އަމާޒުވެފައި ވާއިރު މިހާތަނަށް މި ވޯލްޑްކަޕްގައި މެސީ އަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

ކްރޮއޭޝިއާ މެޗުން ބަލިވުމުން އާޖެންޓީނާ އިން މިހާރު އިންތިޒާރު ކުރަން ޖެހިފައި ވަނީ ގްރޫޕްގެ އެންމެ ފަހު މެޗްތަކުގެ ނަތީޖާ ނިކުންނާނެ ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖޭމްސް

    ސުކުރިއްޔާ ރައީސް ޔާމީން

  2. ޔއގ

    ރައީސް ޔާމީނަށް އައްސެރިބަހާއި ސާބަސް

  3. 3ނިރު

    މެސީއަކީ މޮޅު މީހެއްނޫން މެސީ މޯޅުވަނީ ބާސެލޯއަށް ކުޅޭއިރު

  4. ވަގު

    2014 ގަ ވެސް މެސީ ލަޑުޖެހި ހަޖަމް މައުލޫމާތު ނެތިއްޔާ ނުލިޔޭ ވަގު

  5. ޥާލްޑްކަޕް

    ޝުކުރިއްޔާ ރައީސްގެ މެޑަމް

  6. މެސީ

    ޝުކުރިއްޔާ ރައީސްގެ މެޑަމް

  7. ހުސޭނުބޭ

    ބޮކްސް ތެރޭގައި އިން މަރަޑޯނާ ކިޔާ މީހެއް ކުޅޭހިތުން ބޫޓަށް އަރައިގެން އައިސް. ހަތަރެސްފައިގައި ސޯނާ ގަޑިތަކެއްވެސް އަޅާފައިހުރި. މެސީގެ ބަދަލުގައި އޭނާ އެރުވިނަމަ މާ ރަގަޅުވީސް!

  8. ޢުންބެ

    ޢިދިކޮޅުޓީމުގަ ލަނޑުޖެހީ ޔާމިނުތަ ބޭރުދުނިއޭގަ ތިބިނޫސްވެރިންނައް ފިލާމިވަގުތު ދުނިއޭގަހުރި ރައީސަކީކޮބާ މުގާބޭ މަގާމުގެއްލިއްޖެ ނޯތުކޮރެއާގެ ރައީސް މިޙާރުދަނީ އެކިގައުމުތަކައް ދަތުރުކޮއް ގައުމުތަކުގެވެރިންނާބައްދަލުމުރަމުން.

  9. ަހަހަ

    "މެސީ އަށް ވެސް މިހާރު ފާޑުކިޔުން އަމާޒުވެފައި ވާއިރު މިހާތަނަށް އެއްވެސް ވޯލްޑްކަޕެއްގައި މެސީ އަށް ގޯލެއް ޖެހިފައެއް ނުވެއެވެ."
    މި ކޮނަވާހަކައެއްތޯ!1
    ފޯވާޑަކަށް ކުޅެ ނިމިދިޔަ ވޯލްޑްކަޕްގެ އެނެމްމޮޅު ކުޅުންތެރިޔާގެ މަޤާމް މެސީ ހޯދީ ހަމަ ގޯލްއެއް ނުޖަހާތޯ!!!!!!!!!! ލިޔެވޭތޯ ބަލާ، ލިޔެވޭ އެއްޗެއް ނޭނގުނަސް.

  10. 3ނިރު

    މެސީ ހުރީހަނު

  11. ޢެނގޭ

    " މި ވޯލްޑްކަޕްގައި މެސީ އަށް ގޯލެއް ޖެހިފައެއް ނުވެއެވެ"
    ލިޔުން ރަނގަޅަށް ކިޔާލާ