ފީފާ ވޯލްޑްކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތެވެ. އަދި އެއީ މުޅި ދުނިޔެ އެ މުބާރާތަކަށް ވަގުތު ހުސްކުރާ މުބާރާތެއްވެސް މެއެވެ.

ފުޓްބޯޅައިގެ އީދުކަމަށްވާ ވޯލްޑްކަޕްގައި އެތަކެއް ކުޅުންތެރިންެނެއް ވަނީ ވިދާލައިފައެވެ. އަދި އެތަކެއް ކުޅުންތެރިނެއްވަނީ އެ މުބާރާތުގައި އެތަކެއް ރެކޯޑެއް ހަދާފައެވެ. އެގޮތުން ތުރުކީގެ ހަކަން ސުކަރ އަކީ ވޯލްޑްކަޕްގައި އެންމެ އަވަހަށް ގޯލެއް ޖަހައި މުޅި ދުނިޔެ ހައިރާން ކޮށްލި ކުޅުންތެރިޔާއެވެ.

2002 ގައި ޖަޕާނު އަދި ސައުތް ކޮރެއާގައި ބޭއްވުނު ވޯލްޑްކަޕްގައި ސައުތް ކޮރެއާއާއި ތުރުކީ ބައްދަލުކުރި މެޗުގައި ތުރުކީގެ ހަކަން ސުުކަރ ގޯލު ޖަހައިފައިވަނީ އެންމެ 11 ސިކުންތުގައެވެ. އެ ގޯލާއި އެކު ތުރުކީގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ހަކަން ސުކަރ ވަނީ ވޯލްޑްކަޕްގައި އެންމެ އަވަހަށް ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ފަވާލެވިފައެވެ.

ހަކަން ސުކަރގެ ރެކޯޑް އަދި މުގުރާލެވިފައި ނުވާއިރު އޭނާއާއި ޖެހިގެން އެންމެ އަވަސް ގޯލެއް ކާމިޔާބުކޮށްދީފައިވަނީ 1962 ވަނަ އަހަރުގެ ވޯލްޑްކަޕްގައި މެކްސިކޯއާއި ސެޗްހޯސްލޮވޭކިއާ ބައްދަލު ކުރި މެޗުގައި ސެޗްހޯސްލޮވޭކިއާގެ ވަކްލަވް މަސެކް އެވެ. އޭނާ އެގޯލު ކާމިޔާބުކުރީ މެޗުގެ 16 ވަނަ ސިކުންތުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަކަން ސުކާރ

    ބައްލަވާ އަޅުގަނޑު ގޯލް ޖެހީ ކޮރެއާ އާއި ދެކޮޅަށް.. ވަގުތު ކައިރި ޖަޕާނޭ ބުނި މީހަކު އެ ހަދަނީ ދޮގު...

    ރިގާރޑްސް.
    ސިންސިއާލީ ހަކަން ސުކާރ

    • ވާނުވާ

      ހަބަރު ރަނގަޅަށް ކިޔާބަލަ ފުރަތަމަ