އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ދުވުންތެރިޔާ ތަމްސީލުކުރީ ރާއްޖެ ނޫންކަމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ތޮލާލް ވިދާޅުވީ ރާއްޖޭގެ ކަންޓްރީ ކޯޑު ކަމަށްވާ "އެމްޑީވީ" އާއެކު އިންޑިއާގެ ދުވުންތެރިޔާ ދުވެފައިވަނީ ރާއްޖޭގެ ޓީމު ހަމަނުވާތީ ކަމަށެވެ.

އިންޑިއާގެ ދުވުންތެރިޔާ ރާއްޖޭގެ ކަންޓްރީ ކޯޑުގައި ދުވެފައިވަނީ އަންހެނުންގެ ހަތަރެއް ގުނަ 100ގެ ރިލޭ އިވެންޓްގައެވެ. މި އިވެންޓުގައި ހަތަރު ދުވުންތެރިން ވާދަކުރަން ޖެހޭއިރު މިގޮތަށް ކަންތައްވީ މުބާރާތުގައި ވާދަކުރަަން އިންޑިއާއަށް ފުރުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއް ދުވުންތެރިއަކު ކޮވިޑް 19 އަށް ފައްސިވުމާއި ގުޅިގެންނެވެ.

"މިގޮތަށް ކަންތައްކުރީ އެތްލީޓުން މޯޓިވޭޝަށް ދަށް ނުކުރަން، ބޭނުންވީ އެކަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް ދެން ތިބި ދުވުންތެރިންނަށް ފުރުސަތު ގެއްލުނަ ނުދޭމް އިތުރު ފުރުސަތުތައް ހޯދައިދޭން، އެއް ދުވުންތެރިއެއް ނެތީމަ ނުދާން ވެސް ފުރުސަތު އޮތް، އެކަމަކު މި މުބާރާތުން އެތްލީޓުންނަށް ރަނގަޅު ފުރުސަތެއް ލިބޭނެތީ ފަހު ވަގުތުވެސް ބައިވެރިވާން ނިންމީ" ވަގުތު އާއި ވާހަކަދައްކަމުން ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މި މުބާރާތުގައި އިންޑިއާ ދުވުންތެރިޔާ ދުވެފައިވަނީ ރާއްޖޭގެ ޖާރޒީގައި ނޫންކަމަށާއި އެއީ ޕްރެކްޓިސް ޖާރޒީ ކަމަށެވެ.

އިންޑިއަން ސްޓޭޓް ޗެމްޕިއަންޝިޕުގައި މީގެކުރިން ވެސް ރާއްޖެއިން ބައިވެރިވެފައިވެއެވެ. އެގޮތުން 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގައި ވެސް ރާއްޖެއިން ބައިވެރިވެފައި ވެއެވެ. މި ބުރު ރާއްޖެއާއެކު ކަޒަކިސްތާނާއި ސްރީލަންކާ އަދި ބަންގްލަދޭޝް އާއި ބޫޓާންގެ އެތްލީޓުން މިއަހަރުގެ މުބާރާތުގައިވާދަކުރެއެވެ.

 

 

 

ސާއިދު

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ސަމީ

  މީ ކޮން ކަހަލަ ގޮތެއް ފޮތެއް ނެތް ސަރުކ ކާރެއް. މީ ލަދުވެތި ކަމެއް

  77
  4
  • Anonymous

   ހުސް ގައްދާރުން. ހުރަގޭގަ ބަންދުކޮށް ދުވަހަކު އެތަނުން ނެރެގެން ނުވާނެ މިފަދަ ގައްދާރުން.
   ހަމަ ރޭވިގެން ގައުމާ ދެކކޮޅަށް ހިންގާ ޖަރީމަ. އިންޑިޔާ އެތުލީޓުން ތިބޭނެވިއްޔަ ކޮވިޑް ޖެހޭ އެންމެންގެ ބަދަލުގަ އަރަން. ގަމާރުން ކައިރީ ތިޒާތުގެ ޔަހޫދީ ވާހަކަ ދައްކަން ތިބޭ. އިންޑިޔާ އައުޓް ކިޔާ ދިވެހިންގެ މޫނުމަތީގަ ދިވެހި ގައްދާރުން ލައްވާ އިންޑިޔާއިން ޖެއްސުވި ތަފާލެއް މިއީ..

   15
   2
 2. ލޫޓުވާ

  ކިޔޭނުކިޔޭ އެއްޗެއް އިނގޭބާ. ބަލަ ފުރިއިރުު ޕޮޒިޓިވް ވީމާ އެހެން ކުޅުންތެރިޔަކު ޖޮއިން ކުރެވިދާނެ. އިންޑިޔާއަށް ގޮސް މުބާރާތުގައި ދުވުނީ އިންޑިޔާ ދުވުންތެރިޔާ އެކަނި ރާއްޖޭގެ ޕްރެޓިސް ޖާރޒީގައިބާ؟ ޕްރެޓިސް ޖާޒީ ވިޔަސް އޭގައިއިނީ ރާއްޖޭގެނަން. ދެން ވިކުނަސް ފުކެއް ބޮޑުވަރު. މީދެން އިންޑީޔާ އަވަށެއް. މީހަކު މަދުވީމަ އެހެން ގައުމެއްގެ މީހަކު އަރުވައިގެން ގައުމެއް ތަމްސީލުކުރެވޭބާ؟؟ އާޖެންޓީނާގެ މެސީ ބަލިވެއްޖެއްޔާ ބްރެޒިލްގެ މެސީގެ ޖާޒީގަ ނޭމާ ނެރުން ކަހަލަ ކަމެއްތީ.

  68
  2
 3. އަލީ

  ޕްރެކްޓިސް ވިޔަސް ރާއްޖޭގެ ޖާރޒީ ދޯ. ހެހެހެ..

  61
  2
 4. ސިޔާން

  އޭ ބަލަގަ އެމްޑީވީ އެއީ މޯލްޑިވްސް ދޯ. ދެން ކޮން ޖާރޒީއެކޭ ތިކިޔަނީ. އިންޑިޔާ އައުޓް.

  69
  1
 5. ބަލަ މީ މިނިވަން ގައުމެކޭ

  އިސްކަން ފުރަތަމަ ދޭންޖެހޭނީ އިސްލާމް ދީނަށާއި ދިވެހިގައުމަށް
  އިންޑިއާ ފަރސްޓު ޕޮލިސީ އެބަޖެހޭ ބަދަލުކޮއްލަން،

  62
  2
 6. ކާފަބޭ2020

  ބަލަބުރާސްފައްޗާ ތަނަކަށްބޭނޭއިރު ގަވާއިދާއެއްޗެހިނޭގިއެތަނަކަށްބޭނެނީކީއްވެ! މީހުންހަމަނުވަންޏާ އެއިވެންޓެއްދޫކޮށްލެވޭނެ! ކޮޅުގޮހޮރަށްކައިގެންހުރެބުނާގޮތާ ދެކޮޅެއްނުހެދޭނެދޯ؟ ލަދެއްހަޔާތެއްހުރިއްޔާ އަވަހަށްއިސްތިއުފާ

  50
 7. ސުވޭސް

  ވަގުތު ނޫހުގެ ނޫސްވެރިޔާ ގެ ހިޔާލެއް މި ކަން ކުރި މީހާގެ ސަބަބުންވެސް ނުލިޔާނެ އެ ކަމަ ކު ސަރު ކާރުގެ ކުޑަވެސް ބައިވެރިވުމެއް މި ކަމުގައި އޮތްނަމަ މިޙަބަރުގައި ޤައުމިއްޔަތުގެ ބައި ވަރަށް ފުރިހަމަވީސް ރާއްޖޭގެ ޕޯޑިއަމްތަ ކުައި އިންޑިއާ އައުޓް ކޮށްފައި އެއްމެފަހުން އެތެރެވެސް ކުރީދޯ

  3
  1
 8. ރަތުނާ

  އިންޑިއާ ދުވުންތެރިޔާ ތަމްސީލުކުރީ ރާއްޖެއެއް ނޫން- ތޮލާލް
  "ވަގުތު" އަށް މައުލޫމާތުދެއްވަމުން ތޮލާލް ވިދާޅުވީ ރާއްޖޭގެ ކަންޓްރީ ކޯޑު ކަމަށްވާ "އެމްޑީވީ" އާއެކު އިންޑިއާގެ ދުވުންތެރިޔާ ދުވެފައިވަނީ ރާއްޖޭގެ ޓީމު ހަމަނުވާތީ ކަމަށެވެ.އިންޑިއާގެ ދުވުންތެރިޔާ ރާއްޖޭގެ ކަންޓްރީ ކޯޑުގައި ދުވެފައިވަނީ އަންހެނުންގެ ހަތަރެއް ގުނަ 100ގެ ރިލޭ އިވެންޓްގައެވެ. މި އިވެންޓުގައި ހަތަރު ދުވުންތެރިން ވާދަކުރަން ޖެހޭއިރު މިގޮތަށް ކަންތައްވީ މުބާރާތުގައި ވާދަކުރަަން އިންޑިއާއަށް ފުރުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެއް ދުވުންތެރިއަކު ކޮވިޑް 19 އަށް ފައްސިވުމާއި ގުޅިގެންނެވެ. ކެކެ. ކީކޭ މިކިޔަނީ. ކައިގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭ. ވިކުނަސް ބޮޑުވަރުމީ. މީދެން އިންޑީޔާ އަވަށެއް. މީހަކު މަދުވީމަ އެހެން ގައުމެއްގެ މީހަކު އަރުވައިގެން ގައުމެއް ތަމްސީލުކުރެވޭބާ؟؟ކޮވިޑަށް ފައްސިވި އިރު ރާއްޖެއިން ޓީމް ނުފުރާ. ކޮބައިތޯ ރާއްޖޭގެ ދުވުންތެރިން. ކީއްވެ އެޖާގައަށް ރާއްޖޭ ކުއްޖަކު ނުގެންދެވެންވީ. "މިގޮތަށް ކަންތައްކުރީ އެތްލީޓުން މޯޓިވޭޝަށް ދަށް ނުކުރަން، ބޭނުންވީ އެކަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް ދެން ތިބި ދުވުންތެރިންނަށް ފުރުސަތު ގެއްލުނަ ނުދޭން އިތުރު ފުރުސަތުތައް ހޯދައިދޭން. ރާއްޖޭ އެތުލީޓުންނަށް ފުރުސަތު ހޯދާދެވޭނީ މިހާވަރަށް.

 9. Anonymous

  ދިވެހި ރާއްޖެ ޗާޓުން ގެއްލުވާލަނީ. އިޒްެޭލުން ފަލަސްތީނަށް ހެދިހެންހަދަމުން މިދަނީ.!!!

  27
 10. Anonymous

  ގައުމެއްނެތް. އިންޑިޔާގެ ސްޓޭޓަކަށް މިތަން އެހެދީ... ދިވެހިންނަށް މިތިބީ ބޮޑުވަރިހަމަ އިން ވަރިހަމަ ވެފަ. ގެދޮރުން ދަމާ ނެރެ ރެފިއުޖީންނަށް ހެދުން ދެން ބާކީ އޮތީ..

  28
 11. ސަމާ

  ދެން ކީއްވެ ރާއްޖެއިން އެހެން ކުއްޖަކު ތިގޮތަށް ބޯހަމަކުރަން ނުގެންދިޔައީ.
  މާރިއާ ގޮސް މިބުނަނީ ރާއްޖެހިފަން ބޭނުމިއްޔާ ހިފިދާނެއޭ.
  ކަލޭމެންގޮސް ދިވެހި ޖާޒީ ލައްވައި އެމީހުންނަށް ދިވެހިންނަށްވެސް ނުދޭވަރުގެ ފުރުސަތު ތިދިނީ ރާއްޖެ ތަމްސީލްކުރަން.
  ދެންދާމީހަކު ނޭނގޭ މޯދިއާ ދިމާލަށް ޕްރއިމްމިނިސްޓަރ އިންޑިއާ އެންޑް މޯލްދިވްސް އޭ ނުބުނާނެކަމެއް.

  21
 12. ޢަހުމަދު

  ކަލޭ އިސްތިއުފާ...

  19
 13. ހަތްކަން

  ތޮލާލް ވިދާޅުވީ މި މުބާރާތުގައި އިންޑިއާ ދުވުންތެރިޔާ ދުވެފައިވަނީ ރާއްޖޭގެ ޖާރޒީގައި ނޫންކަމަށާއި އެއީ ޕްރެކްޓިސް ޖާރޒީ ކަމަށެވެ ތީވެސް ހަމަ އެކަމަކު ރަސްމީ މުބާރާތެއްދޯ ކޮންކަހަލަ ގަވައިދެއް އޮތް މުބާރާތެއްތީ މަގުމަތިން މީހުން ހޮވައިގެން ގެންގޮސް ގަންޖްފަރާހުގަވެސް ދުވެވޭގޮތައް އޮތްމުބާރާތެއްދޯ

 14. އައިސަ

  ރާއްޖެ ޖޯޒީގޭ އިންޑިޔާ ތަމްސީލުކުރާން ކަލޯޗަ ޗާންސު ދިނީ ދޯ .... ނޫނޭވާ ޤައުމީ ލޯބި ޗަހަރެ އުތުރެ އަރަނީ... ޗަހޭވަރަކަށް އިންޑިޔާދެކެ ލޯބިވެވޭނީ....

  10
 15. ޙހހހ

  ތޮލާލޫ ކިޔޭއެއްޗެއް އެބައެނގޭތަ
  - ތަމްސީލްކުރީ ދިވެހި ރާއްޖެއެއްނޫނޭ
  - ރާއްޖޭގެ ކަންޓްރީކޯޑްގައި އިންޑިއާ މީހަކު ދުވުނީިިިި ރާއްޖެ ޓީމް ހަމަނުވާތީއޭ
  ޢަޖައިބެއް ، ކައިގެން ފުރާނީ ، ނުކާނުފުރާނަށް

  10
 16. ހެހެހެ

  އަދިވެސް ތަންތަނަށް އަރާ މޮޅެތި ވާހަކަ ދައްކާތި، ތިމާ ކުރަންވީމަ ކޮންމެކަމެއްވެސް އޯކޭ. ބަލަ ދިވެހިން ބޭނުމެއްނުވެޔޭ ތިގޮތަށް ބޭރުގައުމުތަކުގެ މީހުން ލައިގެން ޓީމް ހަމަކުރާކަށް އެ އަދި ކޮންމެ ޤައުމަކަށް ވިޔަސް، ރީތި ގޮތަކީ ދެން ތިކަމާ ދުރުވުން ޤައުމިއްޔަތު ހުރި ޤައުމުގެ ދަރިން ތިކަމުގަ ތިބުން، މާދަމާ ކަންނޭގެ ސިޔާސީ ޕޯޑިއަމެއްގަ ޤައުމިއްޔަތޭ ކިޔާނީ. ދިވެހިންގެ ނަމުގަ ކޮންމެވެސް ކުޅުންތެރިން ކޮޅެއް ހޮވާލައިގެން ވޯލްޑް ކަޕްވެސް ކުޅެން ވީނު. އަހަރަމެންގެ މޯޓިވޭޝަން އޭރުން ............ މިފަދަ މީހުންނާ ހެދި ލަދުވެތިވޭ. ދިވެހިންގެ ކަންކަން ކުރާނީ ދިވެހިން.

 17. ދިވެހިން

  ރާއްޖެ އާ ކީ އިންޑިޔާގެ ސްޓޭޓެއް ހޭ..؟ އިންޑިޔާގެ އިންޓަރ ސްޓޭޓް މުބާރާތެއްގައި ބައިވެރިވާން..

 18. އަދް

  ޕްރެކްޓިސް ބަލަން ޖަޖުންވެސް އެބަތިބި

 19. ޖާބެ

  އެމް.ވީ.ޑީ ތޮލާލް ހަމަނޭންގުނޭ.