މިއަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާ ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން އެގައުމުގެ ބޮޑެތި ނޫސްތަކުން އެ ގައުމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ފާޑުކިޔަން ފަށައިފިއެވެ.

ވޯލްޑްކަޕްގައި ރޭ ކްރޮއޭޝިއާ އަތުން ބަލިވެ އާޖެންޓީނާއަށް މޮޅުވުމުގެ މުބާރާތުގެ އަމިއްލަ ބާރު ކެނޑިފައިވާއިރު އެ މެޗުގައި މެސީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އާޖެންޓީނާގެ އެންމެ ބޮޑު އެއް ނޫސްކަމަށްވާ "ލަ ކެޕިޓާ" އިން ބުނެފައިވާ ގޮތުގައި އާޖެންޓީނާއަކީ ފުޓްބޯޅަ ކުޅެން ނޭނގޭ، ގައުމީ ލޭ ނުހިނގާ އަދި ލީޑަރެއް ނެތް ބަލިކަށި ޓީމެއް ކަމަށެވެ.

އަދި ހަމަ އެގައުމުގެ "ލަ ވޮޒް" އިން ބުނެފައިވާ ގޮތުގައި ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ކުޅުން އެއްވެސް ވަރަކަށް ނުފެންނަ ކަމަށެވެ.

އާޖެންޓީނާގެ ޤައުމީ ޓީމާއި އަދި ޚާއްސަކޮށް މެސީއަށް އަމާޒުކޮށް އެގައުމުގެ ނޫސްތަކުން ފާޑުކިޔަން ފަށާފައިވާއިރު މި އަހަރުގެ ވޯލްޑްކަޕްގައި ރަނގަޅު ހިސާބަކަށް ނުދެވިއްޖެނަމަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެޓީމުގެ މުހިންމު ބައެއް ކުލުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ އަޑުތަށް މިހާރު ވަނީ ފެތުރިފައެވެ.

އަދި ކުރިއަށް އޮތް ނައިޖީރިއާ މެޗުގައި އާޖެންޓީނާއަށް މޮޅު ނުވެވިއްޖެ ނަމަ ކޯޗު ޖޯޖް ސަމްޕައޯލީ އަށް އެނބުރި ގައުމަށް ނޭރޭނެ ކަމަށް އެގައުމުގެ ބަތަލު އަދި ކުރީގެ ތަރި ޑިއެގޯ މެރެޑޯނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދުﷲ

    އަސްލު ރަނގަޅުވާހަކަތަކެއް. މެސީ ހުރީ ހުއްޓުން އަރާފަ. ޓީމް ރޫހެއްނެތް. ނަމަވެސް މިވަގުތަކީ ފާޑުނުކިޔާ ދެންއޮތްމެޗަށް ހިތްވަރުދޭންވީ ވަގުތު.

  2. ައަހަންމަދު

    ބަލަ، ފުރަތަމަ ގޯލް ޖަހަން ބޯޅަދިނީ މެސީ ދޯ؟ އަދި ފުރަތަމަ ހާފުގައި އެންޒޯ ޕެރެޒް ހުހަށް ހުރި ގޯލް މިސްކޮށްލީ މެސީގެ ސަބަބުން ދޯ؟ އަދި ފުރަތަމަ އެގާރައިގަ ހިމެނޭ އެތަކެއް ކުޅޫންތެރިން ނުނެގީ މެސީ ދޯ؟ ހޮޅި ވާހަކަ ނުދައްކާ އާޖެންޓީނާ އެންމެ ކުޑަމިނުން ވޯލްޑްކަޕް 2018ގެ މެޗެއްވެސް ތިކުޅެވެނީ މެސީގެ ސަބަބުން އިނގޭތޯ. އާޖެންޓީނާގެ ނޫސްތަކަށް ވަރަށް ސަލާމް.