ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއި ގާތަށް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑުގައި 16 އަހަރު ހޭދަކުރުމަށްފަހު އޭނާ އެ ކުލަބު ދޫކޮށްލާފައިވަނީ އެ ކުލަބާއެކު އުފެދުނު ކޮންޓްރެކްޓްގެ މައްސަލަތަކެއްގެ ސަބަބުން މީގެ ހަފްތާއެއް ކުރިންނެވެ.

ރެއާލް މެޑްރިޑުން އެންމެ ފުރަތަމަ ހުށައެޅީ ދެ އަހަރުދުވަހުގެ އެއްބަސްވުމާއެކު މުސާރައިގެ ބައެއް އުނިކުރުމަށެވެ. ރާމޮސް އެކަމަށް އެއްބަހެއްނުވި އެވެ. އެއާއެކު ރާމޮސް ވަނީ ރެއާލް އާއެކު އާ އެއްބަސްވުމަކަށް މަޝްވަރާކޮށްފައެވެ. ނަމަވެސް ރެއާލުން ފަހުން އެންގީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ.

އެއަށްފަހު ރާމޮސް ބުނީ ކުޅޭނެ ކުލަބެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ރާމޮސް މިހާރު ވަނީ ޕީއެސްޖީއަށް ބަދަލުވާން އެއްބަސްވެފައެވެ.

ރާމޮސް ޕީއެސްޖީއަށް ބަދަލުވާން އެއްބަސްވީ އޭނާ ހުށައެޅި ގޮތަށް ދެ އަހަރުދުވަހަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ރާމޮސްގެ އޭޖެންޓް މިހާރު ވަނީ އެއްބަސްވުމުގެ ބައެއް ކަންކަން ފުރިހަމަކުރުމަށް ޕެރިހަށް ގޮސްފައެވެ. އަދި ވަރަށް އަވަހަަށް ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ރާމޮސް ހާމަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ސީޒަނަށް ޕީއެސްޖީ އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެތެރެއިން އެ ކުލަބަށް ލިބުނު އެންމެ މުހިއްމު ކުޅުންތެރިއަކީ ސާޖިއޯ ރާމޮސް އެވެ. އެ ކުލަބަށް ގުޅޭނެކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ކުރިން އިޓަލީގެ އޭސީ މިލާން އަދި މިހާރު އިޓަލީ ގައުމީ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އާއި އިންޓަމިލާނުގެ ޑިފެންޑަރ އަޝްރަފް ހަކީމީ އަދި

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން އަންނަނީ އެޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާމޯސްގެ އިތުރުން ޕީއެސްޖީން ވަނީ އޭސީ މިލާނަށް ކުޅެމުން އައި ހުނަރުވެރި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އާއި އިންޓަމިލާނަށް ކުޅެމުން އައި ޑިފެންޑަރު އަޝްރަފް ހަކީމީ ހިމެނެއެވެ.

އާ ސީޒަނަށް މިހާތަނަށް ގެނައި ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ނެދަލޭންޑްސް ގައުމީ ކެޕްޓަން އަދި ކުރިން ލިވަޕޫލަށް ކުޅުނު މިޑްފީލްޑަރ ޖޮޖީނިއޯ ވައިނަލްޑަމް އެވެ.

ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލް އާއި ގުޅުނު ރާމޯސް ވަނީ އެ ކުލަބަށް 670 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. މި މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް ފަސް ލަލީގާ، ހަތަރު ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ.

މި ނިމުނު ސީޒަނުގައި ރާމޮސް ފެނުނީ ރެއާލް ކުޅުނު އެންމެ 21 މެޗުންނެވެ. ތާވަލުގެ ދެވަނައިގައި ރެއާލް ސީޒަން ނިންމާލިއިރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އެ ކުލަބު ވަނީ ވާސިލްވެފައެވެ. މި ނިމުނު ސީޒަނުގެ ބޮޑުބައި ރާމޯސް ހޭދަކުރަން ޖެހުނީ އަނިޔާއާއި ގުޅިގެން ދަނޑުން ބޭރުގައި އިތުރު ފަރުވާ ހޯދުމަށެވެ.