ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި އިޓަލީއާއި ދެކޮޅަށް ކުޅޭ ބެލްޖިއަމް ޓީމުގެ އެޑެން ހަޒާޑް އާއި ކެވިން ޑި ބްރައިނާ ފެނުމުގެ ފުރުސަތު ކުޑަކަމަށް އެ ޓީމުން ބުނެފިއެވެ.

ބެލްޖިއަމްގެ މުހިއްމު ދެ ކުޅުންތެރިންނަށް އަނިޔާވެފައިވަނީ ޔޫރޯގެ ދެވަނަބުރުގައި ޕޯޗުގަލް އަތުން ބެލްޖިއަމް މޮޅުވި މެޗުގައެވެ. ހަޒާާޑުގެ އަނިޔާވީ ފައިގެ ފަލަމަސްގަނޑަށެވެ. އަދި ކެވިން ޑިބްރަައިނާ އަށް އަނިޔާވީ ފައިގެ ކުޑަހުޅަށެވެ.

މި މެޗު ފެށުމަށް ގާތްވެފައިވާއިރު އެންމެ ފަހުން ހެދި ޓެސްޓުތަކުން ވެސް މި ދެ ކުޅުންތެރިން އެއްކޮް ފިޓު ނޫންކަމަށް ދައްކައެވެ. ނަމަވެސް ކޯޗު ވަނީ މި ދެ ކުޅުންތެރިން ބޭނުންކުރުމާއި މެދު ނިންމާނީ އެންމެ ފަހުން ކަމަށް ބުނެފައެވެ. ބެލްޖިއަމް އިން ދަނީ އަދިވެސް މި ދެ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތެއް ވޭތޯ މަސައްކަތްކުރަމުންނެވެ. އެއީ އެ ޓީމަށް މުހިއްމު ދެ ކުޅުންތެރިންނަަށް ވާތީއެވެ.

އިޓަލީ މެޗަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމް ޓީމުން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި ހަޒާޑް ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ހަޒާޑް ފަރިތަކޮށްފައިވަނީ ކުޑަ ވަގުތުކޮޅަކަށް ކަމަށް ވެއެވެ. އަދި ޑިބްރައިނާ އެއްގޮތަކަށް ވެސް ފަރިތަކުރުމުގައި ބައިވެރިނުވާ ކަމަށް ވެއެވެ.

ބެލްޖިއަމްގެ ކޯޗުވެސް ވަނީ މި ދެ ކުޅުންތެރިންނަށް ކުޅެވިދާނެކަމަށް ބުނެފައެވެ. އަދި ޕޯޗުގަލް މެޗުގައި ދެ ކުޅުންތެރިންނަށް ލިބުނީ ކުޑަ އަނިޔާއެއް ކަމަށާއި މަޑުމަޑުން އެ ކުޅުންތެރިން ރަނގަޅުވަމުން އަންނަ ކަމަށެވެ. މުބާރާތުގައި ބެލްޖިއަމް އިތުރަށް ކުރިޔަށްދާނަމަ ޔަގީނުންވެސް އެ ކުޅުންތެރިން ފެންނާނެ ކަމަށް ކޯޗު ބުންޏެވެ.

ޔޫރޯ 2020 ގެ ކުއާޓާފައިނަލުގައި ބެލްޖިއަމް އާއި އިޓަލީ ބައްދަލުކުރާނީ މިރޭ 00:00 ގައެވެ.