ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މިހާރު އެންމެ ވަރުގަދަ އެއް ޓީމަކީ ސްޕެއިން ކަމަށް އެ ގައުމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ކުއާޓާފައިނަލުގައި މިރޭ ރާއްޖެގަޑިން 21:00 ގައި ކުޅޭ މެޗުގެކުރިން ވާހަކަދައްކަމުން އެންރީކޭ ވަނީ ސްޕެއިން ޓީމުގެ މޮޅު ވާހަކަތައް ދައްކާފައެވެ. އަދި މިހާރު ސްޕެއިން އަކީ މުބާރާތް ކާމިޔާބުކުރެވޭ ފެންވަރު ހުރި ޓީމެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ސްޕެއިން ދަތުރުކޮށްފައިވަނީ ދެވަނަބުރުގައި ކްރޮއޭޝިއާގެ މައްޗަށް 5-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ސްޕެއިން އާއި އަނެއްކޮޅުން ވާދަކުރާ ސްވިޒަލޭންޑް ކުއާޓާފައިނަލުން ޖާގަ ހޯދާފައިވަނީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ވާދަކޮށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

އެންރީކޭ ބުނީ ފްރާންސް ބަލިކޮށް ސްވިޒަލޭންޑް ކުއާޓަފައިނަލަށް ދަތުރުކުރި ނަމަވެސް މާ ބޮޑު ތަފާތެއް އެ ޓީމުގައި ފެންނަން ނެތްކަމަށް ބުނެފައެވެ. އަދި މި މެޗުން ސްޕެއިން އަށް ފަސޭހަކަމާއެކު މޮޅުވެވޭނެ ކަމަށް ބުނެފައިވެއެވެ.

މިދިޔަ ދުވަސްތަކުގައި ސްޕެއިން ކުޅުންތެރިންގެ ގުޅުމަށް ހެޔޮ ބަދަލުތަކެއް އައި ކަން ފާހަގަކުރަމުން އެންރީކޭ ވަނީ ޓީމުގެ ކުޅުން ކުރިޔަށްވުރެ ރަނގަޅުވާނެ ކަމަށް ބުނެފައެވެ. އަދި އެންމެފަހުން ކްރޮއޭޝިއާ މެޗުގެ ފަހުކޮޅު ކުޅުނު ކުޅުން ތަކުރާރުވެއްޖެ ނަމަ އިދިކޮޅަށް ކުޅޭ ކޮންމެ ޓީމަކަށްވެސް އުނދަގޫ ކުރިމަތިވާނެ ކަމަށް ކޯޗު ބުންޏެވެ.

ސްވިޒަލޭންޑުގެ އެންމެ ވަރުގަދަ އެއް ކަމަކީ ޓީމެއްގެ ގޮތުގައި ކުޅޭ ކުޅުން ކަމަށާއި އެ ޓީމުގެ ކެޕްޓަނަށް މި މެޗުގައި ނުކުޅެވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެންރީކޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިކޮޅެ

    އެންރިކޭ މެޗަކުން މޮޅުވާއިރަށް އަޅިތިޔަބުރުވަނީ، ކަލޯ ފުޓުބޯޅައަކީ ވައްއެއްޗެކޭ ވާނެގޮތެއް ނޭންގެ، އަޅިނުބުރުވާ މަޑުންހުރޭ

    3
    2
  2. ހަގީގަތް

    އެންރީކޭ ފޮނިބާސަ ނުކަޑަބަލަ މިރޭ މެޗުން ފަސޭހަ މޮޅެއް ކަލޭމެންނަށް ނުވެވޭނެ...މޮޅުނުވެވޭނެ
    ވާހަކައެއް ނޫން...ސްވިޒަލެންޑް ގައިގެ އެބަހުރި ސްޕޭން ބަލިކޮށްލުމުގެ ގާބިލުކަން

    3
    1
  3. ސަލާމް

    ސްޕެއިން މިހާތަނަށްވެސް މޮޅުވަމުން އައީ ރެފްރީގެ އެހީތެރިކަމާއި އެކު.... ދެންވެސް މޮޅުވެވޭނީ އެހެން

    2
    1