އއ. އުކުޅަސް ގްލޯރިއަސް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިިގެން ބާއްވާ 18 ވަނަ އުކުޅަސް ޔޫތު ކަޕް 2021 ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފި އެވެ.

މިއީ ކޮވިޑުގެ ހާލަތާއި ގުޅިގެން މެދުކަނޑާލިފަހުން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެންމެފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ.

ދިގު ތާރީހެއް އޮތް މި މުބާރާތަކީ އުކުޅަހުގެ އިތުރުން މުޅި އަތޮޅުގައި ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ މުބާރާތެކެވެ. ހާއްސަކޮށް ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއްގެ ހުނަރުވެރިކަން ފެނިގެންދާ ވަރުގަދަ ޕްލެޓްފޯމެކެވެ.

މިއަހަރުގެ މުބާރާތް ބާއްވަން ތައްޔާރުވަނީ ޖުލައި 30 ގައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމާއި މުބާރާތުގެ ގަވާއިދު ގްލޯރިއަސް ސްޕޯޓްސް ކުލަބުން ލިބެން ހުންނާނެކަމަށް މައުލޫމާތުދެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދި ޓީމުތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 25 އަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާާތްތަކުން ހުށައަޅާ ކޮންމެ ފޯމަކަށް 500 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތުގެ ޖާރޒީތައް ޕްރިންޓުކުރުމުގެ އޮފިޝަލް ޕާޓްނަރަކީ "ކިންގް ސްޕޯޓްސް އެމްވީ" އެވެ. މިތަނުން ގްލޯރިއަސް ސްޕޯޓްސް ކުލަބުގެ ނަން މަތީގައި ޖާރޒީ ހައްދާ ޓީމުތަކަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތް ކުރިޔަށްދާނީ 15 އަހަރާއި 65 އަހަރުންމަތީގެ މީހުންނަަށްވެސް ބައިވެރިވެވޭ ގޮތަށެވެ. މީގެތެރެއިން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުޅުންތެރިންގެ ތެރެއިން މި މުބާރާތުގައި ބައިވެރިވެވޭނީ ބެެލެނިވެރިއެއްގެ ހުއްދަ ލިބިގެންކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މުބާރާތް ސްޕޮންސަރކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ވަނީ އަދިވެސް ހުޅުވާލާފަައެވެ. އެގޮތުން ޖަމްއިއްޔާގެ ނައިބު ރައީސް އަބްދުﷲ ރައޫފް (7770765) އާއި ގުޅައިގެން ސްޕޮންސަރ ބޭނުންވާ ފަރާތްތަކުން ކުރިޔަށްދިއުމަށް ކުލަބުން އެދެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާލަތުގަ މުބާއްރައްތަށް ބޭއްވުން އެންމެ ރަނގަޅެއް ނޫން

  2. ގއ

    އަހަރެން އަދި 14 އަހަރު
    ހެޔޮނުވާނެ

  3. ޔައުގޫބު

    މީވަކި ގާނޫނެއް ހިނގާ ރަށެއް ތާދޯ...
    މިމީހުނައް އޯކޭ ވާނެ..ކޮނމެފަދަ ކަމެއްކުރެވުނަސް....