ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ޤާއިދެއް (ލީޑަރެއް) ނޫން ކަމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އެމަނުއެލް ޕެޓިޓް ބުނެފިއެވެ.

ފްރާންސާއި އެކު ވޯލްޑްކަޕްވެސް ހޯދައިފައިވާ ޕެޓިޓް ބުނީ ރޮނާލްޑޯގެ ކިބައިން ފެންނަ ގާއިދުންގެ އަމަލުތަށް މެސީގެ ކިބައިން ނުފެންނަ ކަމަށެވެ.

އަދި އާޖެންޓީނާގެ ޓީމުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެއް ކަމަށް ބުނަމުން ޕެޓިޓް ބުނީ އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން އެެއްވެސް ކޮންފިޑެންސެއް ނުފެންނަކަމަށާއި އެއްކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އިތުބާރުކުރާ މަންޒަރުވެސް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ.

އަދި މެސީގެ ފަރާތުން ވޯލްޑްކަޕްގައި އެދެވޭ ކުޅުމެއް ނުފެންނަކަމަށް ބުނަމުން ފެޓިޓް ވަނީ މެސީއަށް ހޭލުމަށް ގޮވާލާފައެވެ.

" މެސީ ހޭލަން އެބަޖެހޭ. މެސީއަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރެެއިން އެކަކު. މެސީއަށް އާޖެންޓީނާ އަދިވެސް ސަލާމަތް ކޮށްދެވިދާނެ. އެކަން މެސީވަނީ ވޯލްޑްކަޕް ކޮލިފިކޭޝަންގައި އެކުއެޑޯ ކޮޅަށް ހެޓްރިކް ހަދާ ސާބިތުކޮށްދީފަ." ފެޓިޓް ބުނެފައިވެއެވެ.

އަދި ޕެޓިޓް ވަނީ އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޯލީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އައިސްލޭންޑް މެޗުގައި އާޖެންޓީނާއިން ފެނުނީ ދަށް ކުޅުމެއް ކަމަށާއި އެ މެޗުގައި އާޖެންޓީނާގެ ޓީމު އެކުލަވާލައިފައިވާ ގޮތަށް ޕެޓިޓް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    މަށަކީ މެސީއަށް ސަޕޯރޓު ކުރާ މީހެއް... އެކަމު މިވާހަކަތަކަށް މަ ހަމަ ތާޢީދު...

  2. ނާރެސް

    ރަނަގަޅު ވާހަކައެއް.އެކަމަކު މަށަކީ މެސީނަމަ މިހާރު ދެން އޮތްމެޗަށް ކޯޗް ބޭރުކޮށްލާފަ.ރަނގަޅު 11 ނަގާނަން.އަދި މޮޅުވެސްވާނެ އިރާދަކުރެއްވިއްޔާ.