2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕު ކާމިޔާބު ކުރުމުގެ އެއްވެސް އުއްމީދެއް އާޖެންޓީނާ އަށް ލިބިފައި ނުވާއިރު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުޗުގައި އައިސްލޭންޑު އަތުން މޮޅު ނުވެ ދެވަނަ މެޗުގައި ކްރޮއޭޝިޔާ ވަނީ 0-3 ގެ ނަތީޖާ އަކުން މޮޅުވެފައެވެ.

ބުރާސްފަތި ދުވަހު ގުރޫޕް ޑީގައި އާޖެންޓީނާ އަދި ކްރޮއޭޝިޔާ ބައްދަލު ކުރިއިރު ފުރަތަމަ ގޯލު ކްރޮއޭޝިޔާ އިން ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާގެ ކީޕަރު ވިލީ ކަބަޔޭރޯ އަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ. އެއަށް ފަހު ކްރޮއޭޝިޔާ އިން ކާމިޔާބު ކުރި ދެ ގޯލު ކާމިޔާބު ކުރީ އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް އަދި އިވާން ރަކިޓިޗް އެވެ.

ފާއިތުވި ގިނަ އަހަރު ތަކުގެ ތެރޭގައި ވެސް އާޖެންޓީނާ އެންމެ ދަށް ކޮށް ދާ ވޯލްޑް ކަޕަކީ މިފަހަރުގެ ވޯލްޑް ކަމަށް ވާއިރު އާޖެންޓީނާ ޓީމު އެކުލެވިގެން ވަނީ ލިއޮނެލް މެސީ ސާޖިއޯ އަގުއޭރޯ އެންޖެލް ޑިމަރިޔާ ގޮންޒާލޯ ހިގުއެއިން ފަދަ ނަން މަޝްހޫރު މޮޅު ކުޅުންތެރިން ހިމަނައިގެންނެވެ.

ގިނަ ކުޅުންތެރިން ޓީމުގެ ކޯޗު ސަމްޕައޯލީ ޓީމު ދޫކޮށް ދާން އެދޭ އިރު ރިޕޯޓުތަކުން ބުނާގޮތުގައި އާޖެންޓީނާ ޓީމު ދޫކޮށް ދާނީ ސަމްޕައޯލީ އެކަންޏެއް ނޫނެވެ. ހަބަރު ތަކުން ބުނާގޮތުގައި މިހާރު އާޖެންޓީނާ ސްކޮޑުގައި އެކުލެވޭ 7 ކުޅުންތެރިން ރިޓަޔާ ވާނެއެވެ.

އުމުރުން ދުވަސްވީ ކުޅުންތެރިންނާއި ހިލާފަށް ޒުވާން ކުޅުންތެރިންގެ ނަން ވެސް ރިޓަޔާވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައި ވެއެވެ. ހަމަ އެހެންމެ މާކޮސް ރޯހޯ، އެވާ ބަނޭގާ، އަގުއޭރޯ، ޑިމަރިޔާ، މަޝެރާނޯ، ލިއޯ މެސީ އަދި ހިގުއެއިން ހިމެނެއެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ނުދެވިއްޖެ ނަމަ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރެން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްމެން

    މިދިޔަ ވޯލްޑް ކަޕްގަ މެސީ އިސްތިއުފާ ދިނީމާ، އެކަމށް އީހްތިރާމް ކުރިނަމަ، މިފަހަރު މިސަކަރާތް ގަޑެއް ޖަހާކަށް ނުޖެހުނީހެވެ.

  2. ޙަަަގސގގސގިުު

    ޣސގސ