ރޭ ފީފާ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބްރެޒިލް އަދި ކްރޮއޭޝިޔާ ބައްދަލު ކުރި މެޗުގައި މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ކޮޓީނިއޯ އަދި ނޭމާ ވަނީ ލަނޑު ޖަހާފައެވެ.

ނަމަވެސް 91 ވަނަ މިނެޓުގައި ކޮޓީނިއޯގެ ލަނޑުގެ ކުރިން ކޮސްޓަރީކާގެ ޑިފެންޑަރު ވަނީ ނޭމާ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްޓާލާފައެވެ. ނެދަލޭންޑްސްގެ ރެފްރީ ކުއިޕާސް ބްރެޒިލް އަށް ޕެނަލްޓީ ދޭން ނިންމި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެދުމުގެ މަތިން އޭނާ ވަނީ އެނިންމުން އަނބުރާ ނަގާފައެވެ.

މިނިންމުމާއި މެދު ހިތްހަމަނުޖެހި ނޭމާ އާއި ކުއިޕާސް ވަނީ ކުޑަ ހިތްހަމަނުޖެހުމަކަށް ގޮސްފައެވެ. ރެފްރީ ނޭމާގެ ގައިގައި އަތް ލުމުން އޭނާ ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ގައިގައި އަތް ނުލުމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނޭމާ އަށް ފާޑު ކިޔާފައެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑާއި ކުޅެ އެއްވަރުވެ ކޮސްޓަރީކާ ބަލި ކުރުމުން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ވަނީ ބޮޑު ވެފައެވެ. ކުރިޔަށް އޮތް ބުދަ ދުވަހު ސާބިއާ ބަލިކުރުމުން ބްރެޒިލް އަށް ވޯލްޑް ކަޕުގެ ދެވަނަ ބުރު ޔަގީން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ނޭމާ ބުނީ އައިލަވްޔޫ އޭ!!

  2. މުދި

    މަ މިޙަބަރު ކިޔާފަ ހީހީ . މީ ދޯ އެކިޔާ ކައްޒާބުންނަކީ . ނޭމާ ބުނި އެއްޗެއް މިޔަކުން ސާފެއް ނުވި . ގައިގަ އަތްނުލާން ބުނިކަން އެންމެނަށް ވެސްއެނގޭ.

  3. މުންކޮ

    މީގަ ކޮބާ ރެފްރީ ބުނި ވާހަކަ؟ އަދި ނުނިމޭ ހަބަރެއްތަ މީ؟

  4. ރާކަނިމަސް

    ބްރެޒިލް ކުޅުނީ ކޮސްޓަރިކާ ، ކޮރޭޝިއާ.. ކުޅުނު ޓީމުވެސްއޮޅިއްޖެ މިހަބަރުގަ..

  5. ހަލްބޭ

    ނޭމާރ ބުނީ ވގތަށް ވަރަށް އިނގެޭނެޔޯ