ކޮވިޑް-19 އާއި ގުޅިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް ހަމަލޮލަށް ބަލާލުމުގެ ފުރުސަތު މިއަހަރު ލިބުނު މީހުންގެ ނިސްބަތް ވަރަށް މަދެވެ. ގިނަ މީހުން މުޅި މުބާރާތް ބަލަން ޖެހުނީ ގޭގެ ސިޓިން ރޫމްގައި ތިބެގެންނެވެ. ނަމަވެސް ރާއްޖޭގެ ރިސޯޓަކުން މިހާރު ވަނީ މުޅިން ތަފާތު ޕެކޭޖެއް ވިއްކަން އިއުލާން ކޮށްފައެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އެއްރިސޯޓް ކަމަށްވާ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުން މިވަނީ ޔޫރޯ ފައިނަލް މެޗް ބަލާލަން ހާއްސަ ދެމީހަކަށް އަގުބޮޑު "ޓިކެޓެއް" ވިއްކަން ނިންމާފައެވެ.

ރަންގަލީގެ ފަޅުތެރޭގައި ހަދާފައި ހުންނަ "މުރަ ވިލާ" ގައި ޔޫރޯ ފައިނަލް ބަލާލުމުގެ ފުރުސަތު ދެމީހަކަށް ދޭން ވަނީ ނިންމާފައެވެ. މޫދުގެ 16 ފޫޓް އަޑީގައި އިނދެ މެޗް ބަލާލަން ބޭނުންވާ މީހުންނަށް މިފުރުސަތު ލިބޭނީ 24990 އެމެރިކާ ޑޮލަރު ދައްކައިގެންނެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ އެވެ.

މިޕެކޭޖް ނަގާ މީހުންނަށް ރިސޯޓްގައި ތިން ދުވަހު ހުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި ރަންގަލި ރިސޯޓަށް ދިއުމަށް ވެސް އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ.

ޔޫރޯގެ ފައިނަލް މެޗް ރާއްޖޭގެ ކަނޑުއަޑީގައި އިނދެ ބަލާލަން މީހުންނަށް އެފުރުސަތު އޮތް ޚަބަރު މިހާރު ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް އަންނަނީ ގެނެސްދެމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމުން ގިނަ ރިސޯޓްތަކަކުން ގެންދަނީ ތަފާތު ޕެކޭޖްތަކެއް ތައާރަފް ކުރަމުންނެވެ. އެޕެކޭޖްތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ވެސް އަންނަނީ ވަރަށް ބޮޑަށް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟނ

    މިއުޅެނީ ކޭބަލް ކަނޑާ ލާ ނެޓް ކަނޑާލާގެން ގޭގައިވެސް ނުބެލިގެން އަދި ތިވަ ރުޚަ ރަދުކޮށްފައި ކަނޑު އަޑިއަށް ދާނީ ކިހިނެއް....؟ އޮތީ ހަމަ ތިހެން ޖަހާލާ ޚަބަ ރުތައް ކިޔާގެން މި ގޮތަށް ކޮމެންޓް ޖެހުން

    15
    1
  2. ރަބަރޭ

    ތިޔައީ ލާރިގަނޑު ގިނަ ވެގެން އުޅޭ މީހުން ރުފިޔާ
    އިސްރާފު ކުރަން ވަރަށް މޮޅު ގޮތެއް

    13
    1
  3. އަލީ ބުނީ

    ދާހިއްވޭ

    3
    3