އާޖެންޓީނާ ކޮޅަށް ގޯލު ޖަހަން އުނދަގޫ ނުވާނެ ކަމަށް ނައިޖީރިޔާ ޓީމުގެ ފޯވާޑް މުހައްމަދު މޫސާ ބުނެފިއެވެ.

ވޯލްޑް ކަޕްގައި ރޭ އައިސްލޭންޑުގެ މައްޗަށް 0-2 އިން ނައިޖީރިޔާ ކުރި ހޯދުމުން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް އެޓީމަށް ވަނީ ފުރުސަތު ބޮޑުވެގެން ގޮސްފައެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިޔާ އިން އާޖެންޓީނާއާ ބައްދަލުކުރާއިރު އެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ނައިޖީރިޔާ އަށް ދެވޭނެއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ކޮޅަށް 2 ލަނޑު ޖެހި މޫސާ ބުނީ އާޖެންޓީނާ ކޮޅަށް މިފަހަރު ވެސް ލަނޑު ޖެހޭނެ ކަމަށާއި މުހިއްމީ އިތުބާރާއެކު ކުޅުން ކަމަށެވެ.

" އަހަންނަށް ހީވަނީ އާޖެންޓީނާ އިން އަދި އެޓީމުގެ ކުޅުން ނުދެއްކޭހެން. އަދި މެސީ އަށް ވެސް އޭނާގެ ކުޅުން ނުދެއްކޭ. ނަމަވެސް ކޮލިފައިން އަށް ބަލާއިރު ފެންނާނެ، އާޖެންޓީނާ ވޯލްޑް ކަޕާއި ހަމައަށް ގެނެސްދިނީ މެސީ. ކްރޮއޭޝިޔާ މެޗުގައި ނައިޖީރިއާ އަށް ލިބުނު ފިލާވަޅަކީ، އިތުބާރާއި އެކު ހަމަޖެހިގެން ކުޅުމުން މެޗުން މޮޅުވާނެކަން" މޫސާ ބުންޏެވެ.

މީގެ އިތުރުން މޫސާ ވަނީ އާޖެންޓީނާ ހިފަހައްޓާނެ ގޮތެއް ވެސް ބުނެދީފައެވެ.

"އާޖެންޓީނާ އަދި ކްރޮއޭޝިޔާ ބައްދަލު ކުރި މެޗުން ލިބުނު ފިލާވަޅަކީ، އާޖެންޓީނާ އާއި ދެކޮޅަށް ކުޅެވޭނީ ވަރަށް ކެތްތެރިވެގެންކަން. މެސީ އަށް ލިބޭ ގިނަ ބޯޅަތައް ބްލޮކް ކޮށް ނުވަތަ މެސީ ދޭން އުޅޭ ޕާސްތައް ނާކާމިޔާބު ކުރުމަކީ މެސީ ކުޅުމުން ބޭރުވާނެ ކަމެއް. ނަމަވެސް ހުރިހާ ކުޅުންތެރިންނަކީވެސް ތަފަތު ކުޅުންތެރިން ކަމަށް ވާއިރު މެޗު ފަސޭހަ އެއް ނުވާނެ" މޫސާ ބުންޏެވެ.

މީގެ އިތުރުން މޫސާ ވަނީ އާޖެންޓީނާ ކޮޅަށް ލަނޑު ޖެހުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި މެޗުގެ މުހިންމު ކަމަށް ބަލާއިރު މޮޅު ވެގެން ނޫނީ ކުރިޔަށް ދެވެން ނެތް ކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މަށަށް ހަނދަށް ދާނެގޮތްވެސް އެނގޭ! އެގެގެން ކަމެއް ވަންޏާ މަ މާ މޮޅުވާނެ!

  2. ބޯއީ

    މޫސާ ކަލެއަށް ކަމެއް ކުރެވުނުކަމަށް ވާނީ މެސީ ތަންމަތި ހިފާގެން ރަށަށް ފޮނުވާލެވުމުން