ވޯލްޑްކަޕް މެޗްތައް ފޯރީގައި ދަނީ ކުރިއަށެވެ. އެއްބަޔަކު ސަޕޯޓް ކުރާ ޓީމް މޮޅުވުމުން އުފާ ފާޅުކުރަނީއެވެ. އަނެއް ބަޔަކު ބަލިވެގެން ހިތާމަ ކުރަނީއެވެ. މިއީ އަބަދުވެސް ކަން ވާގޮތެވެ.

މިގޮތުން ގިނަ ބަޔަކު ސަޕޯޓް ކުރާ އެއް ޓީމްކަމަށްވާ އާޖެންޓީނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކްރޮއޭޝިޔާއާ ބައްދަލުކޮށް 0-3 އިން ބަލިވެފައެވެ. ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އާޖެންޓީނާގެ ގިނަ ސަޕޯޓަރުންތަކެއް ހިތާމަ ފާޅުކުރަމުން އަންނައިރު، އެ ހިތާމަ ކުރަމުންދިޔަ އިންޑިއާގެ އަވަށަކަށް ނިސްބަތްވާ މީހަކު މި ވަނީ "ސުއިސަޑް" ނޯޓެއް ލިޔުމަށް ފަހު ފިލާފައެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި، އުމުރުން 30 އަހަރުގެ ދިނޫ އެލެކްސް ނަމަކަށް ކިޔާ އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއްމުން ދަނީ ކުރަމުންނެވެ.

މިދިޔަ ދުވަސްތަކުގައި އިންޑިއާއަށް ބޯކޮށް ވާރޭވެހެމުން އަންނައިރު، އެ މިހާ ހޯދުމަށް ބުރޫތަކެއް ދަނީ އަރަމުންނެވެ.

އެ މީހާއަކީ އާޖެންޓީނާއަށް ވަރަށް ބޮޑަށް ސަޕޯޓް ކުރާ މީހެކެވެ. އޭނާ ލިޔެފައިވާ ސުއިސަޑް ނޯޓުގައިވާގޮތުގައި، އާޖެންޓީނާ ބަލިވުމުން އޭނާ ޑިޕްރެޝަންއަށް ދިޔައީއެވެ.

އޭނާ ގެއްލުނުއިރު، ލައިގެން ހުރީވެސް އާޖެންޓީނާ ޖާޒީއެއްކަމަށް އޭނާގެ އަވައްޓެރިން ވަނީ ބުނެފައެވެ.

Kerala: Argentina fan goes missing after writing suicide note, cops launch search operation

Cops in Kerala's Kottayam are searching for a 30-year-old man who went missing from his home after writing a suicide note following Argentina's shock 3-0 defeat to Croatia.

Posted by The Times of India on Friday, 22 June 2018