މިއަހަރުގެ ފެބްރުއަރީގައި 33 ވަނަ އުފަން ދުވަސް ފާހަނގަ ކުރި ރޮނާލްޑޯ އަކީ ވޯލްޑް ކަޕުގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށް ވާއިރު އޭނާ މިދައްކައިދިނީ އުމުރުން ދުވަސް ވުމަކީ އެއްވެސް ކަމަކަށް އޮތް ހުރަހެއް ނޫން ކަމެވެ.

ވޯލްޑް ކަޕުގައި ބައިވެރިވާ 735 ކުޅުންތެރިންގެ ތެރޭއިން އެންމެ ބާރަށް ދުވާ ކުޅުންތެރިޔާ އަށް ރޮނާލްޑޯވީ މިއަހަރުގެ ވޯލްޑް ކަޕުގައެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މިހާރު ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރު ކޮޅަށް ހެޓް ޓްރިކެއް ހެދުމުގެ އިތުރުން ގަޑިޔަކު 34 ކިލޯމީޓަރުގެ ބާރު ސްޕީޑެއްގައި ދުވެފައެވެ.

މިހާ ބާރަށް ރޮނާލްޑޯ ދުވެފައިވަނީ ސްޕެއިން އަށް ލިބުނު ކޯނަރެއް ދިފާއު ކުރުމަށްފަހު ސާފު ކުރުމުން ޕޯޗުގަލް ޓީމުން ކައުންޓާ އެޓޭކް އަށް އެރި ވަގުތުގައެވެ. ގަޑި އިރަކު 33.8 ކިލޯމީޓަރުގެ ބާރުމިނެއްގައި ދުވެ މިހާރު މި ލިސްޓުގެ ދެވަނައިގައި ވަނީ ޕެރޫގެ ފުލް ބެކް، ލުއިސް އެޑްވިންކުލާ އެވެ. މީގެ އިތުރުން ގިނަ ބަޔަކު ހީނުކުރާ ފަދައިން ތިން ވަނައިގައި ވަނީ ގަޑިއިރަކު 32.8 ކިލޯމީޓަރުގެ ބާރު މިނެއްގައި ދުވެ ބެލްޖިއަމްގެ ފޯވާޑު ރޯމެލޫ ލުކާކޫ އެވެ.

ރިއަލް މެޑްރިޑުގެ ކޯޗިން މުވައްޒަފުން ވަނީ ބޮޑު ޓެސްޓެއް ހަދާފައެވެ. މި ޓެސްޓުގެ ނަތީޖާ ދައްކާގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަށިގަނޑު 23 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑަކާއި ތަފާތެއް ނެތެވެ. ހަމަ އެހެންމެ މީގެ ދުވަސްކޮޅެއް ކުރިން އޭނާ ބުނެފައި ވަނީ އަދި ކުރިޔަށް އޮތް 8 އަހަރުގައި ވެސް އޭނާ އަށް ކުޅެވޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙައި

    ޖޭ ވާ މީހުން އަތްމައްޗައް!

  2. ދެން ދޯ

    ދެން މީހަކަށް ތައުރީފު ކުރިޔަސް ތީ ބޮޑުވަރު

    • ރައްދު

      ޖޭވިޔަސް ތީތަންފުކެއް ބޮޑުވަރު ރޮނާލްޑޯ
      ވަރެއްނެތްހަމަ

  3. ނުރަބޯ

    ބާސެލޯނާ ސަޕޯޓަރެއް ހުރިއްޔާ ކޮމެންޓް ކުރަންފަށާއަވަހަށް. އެކުދިން ވަރަށް ހަޖަމް ގޯސްވާނެ.