ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އިންގްލެންޑް ޕެނަޓީ ޖަހައިގެން އިޓަލީ އަތުން ބަލިވި މެޗަށް ފަހު ކަޅުނަސްލުގެ ކުޅުންތެރިންނަށް ފުރައްސާރަކޮށް، އެކުޅުންނާއި ދެކޮޅަށް އިނގިރޭސިވިލާތުގެ ސަޕޯޓަރުން އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ވާހަކަތައް ދައްކަމުން އެބަގެންދެއެވެ.

ފައިނަލް މެޗްގައި އިންގްލެންޑަށް ކުރިމަތިވި ބަދުނަސީބަކީ ތިން ކުޅުންތެރިއަކަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމެވެ. އިއްތިފާގަކުން އެތިންކުޅުންތެރިން ވެސް ވީކަޅުނަސްލުގެ ކުޅުންތެރިންނަށެވެ.

އިންގްލެންޑްގެ ސްކޮޑްގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔާ އުމުރުން އެންމެ 19 އަހަރުގެ ބުޔާކޯ ސާކާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ އިންގްލެންޑް 1966 ވަނަ އަހަރަށް ފަހު ފުޓްބޯޅައިން ބައިނަލްއަޤުވާމީ ޓްރޮފީއެއް ހޯދަން ދެކުނު ހުވަފެން ނާކާމިޔާބަކުން ނިންމާލަން ޖެހުނެވެ. ޕެނަލްޓީ ޗޫޓްއައުޓްގައި މާކަސް ރަޝްފޯޑް އާއި ޖޭޑަން ސަންޗޯ ޖެހި ޕެނަޓްޓީ ވެސް ކާމިޔާބެއް ނުކުރެވުނެވެ.

އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކުޅުންތެރިންގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ބުނެފައި ވަނީ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އެފްއޭ އިން މަސައްކަތް ކުރާނެ ކަމަށާާއި ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ އަދި އެކަމަށް ގޮވާލާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

އިންގްލެންޑް ފުޓްބޯޅަ ޓީމްގެ ކޯޗް ސައުތުގޭޓް ބުނީ އޭނާގެ ޓީމުން ކާމިޔާބު ހޯދާނީ ވެސް އެކުގައި ކުރާ މަސައްކަތުން ކަމަށާއި ނާކާމިޔާބީ ގައި ވެސް ހުރިހާ ކުޅުންތެރިން އެކުގައި ހިތްވަރުކޮށް، ކުރިއަށް އޮތްތަނުގައި ކާމިޔާބު ހޯދާނެ ކަމަށެވެ.

އިންގްލެންޑްގެ ފުޓްބޯޅަ ލީގްގައި ވެސް ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ މައްސަލަ ވަނީ ފަހަކަށް އައިސް ވަރަށް ބޮޑު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    އިންގްލެންޑް އެއީ ގޮތެއް ފޮތެއް ހުންނަ ބައެއް ނޫން.އެމީހުން ހީކުރަނީ 1900ގެ އަހަރުތަކުގެ ކުރީކޮޅު އަޅުން ގެންގުޅުނު ގޮތަށް މިއަދުވެސް އެކަން ކުރެވިދާނެކަމަށް.އިންގްލެންޑް ޖެހޭނީ މުޑިކާށިހޮވަން ދާން.ވ.ވެދުން

    24
    1
  2. ކާފަބޭ2020

    ކަޅުނަސްލުގެކުޅުންތެރިންނަށްހަމަލާދިނަސް އުނގުޅޭސީންބަލިވީ ކޯޗުގެސަބަބުން! ލަނޑުޖެހުމާއެކުކެޕްޓަން ވީހިސާބެއްނޭގިއެޒިންމާނަގަމުންދިޔައީ މެގުއާ! ދެވަނަކަމަކަށް މެޗުގެފަހުދެމިނިޓްއެރުވިދެކުޅުންތެރިންލައްވާޕެނަލްޓީޖެއްސުން! ޕްރެޝަރުބޮޑުވެފައޮތްމެޗެއްގަ އެއްވެސްވަރަކަށްމެޗްނުކުޅެއަރާ ޕެނަލްޓީޖަހަންފޮނުވީކީއްވެތޯސުވާލުއުފެދޭ!

    15
    1
  3. ކިސް

    ނަސީބެއް އިންގުލެންޑު މޮޅުނުވިކަން މޮޅުވިޔަސް ބުނާނެ މޮޅުވީ ދޮންމީހުންގެ ސަބަބުންނޭ..އެހިސާބައް ދެވުނީ ވެސް ކަޅުނަސްލުގެ ސްޓާރލިންގ ކުރިހިއްވަރުން

    25