"ނިއުޓަން ދަ ސައިކިކް ޕެރޮޓް" އަކީ މިހާރު އެތައް ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ގުރައެކެވެ. ވޯލްޑް ކަޕާއި ދިމާކޮށް ތިލަވާ، މެޗުގެ ނަތީޖާ ދިމާކުރާ ޖަނަވާރުތަކުގެ ތެރޭގައި މިފަހަރު ނިއުޓަން ވެސް ވަނީ ހިމެނިފައެވެ. އެގޮތުން މިރޭ ޖަރުމަނާއި ސްވިޑެން ކުޅޭ މެޗުގައި މޮޅުވާނީ ސްވިޑެން ކަމަށް ނިއުޓަން ވަނީ ބުނެފައެވެ.

ނިއުޓަން މެޗުން މޮޅުވާނެ ޓީމެއް "ބުނަނީ" ކުޅޭ ކުޅޭ ޕްލާސްޓިކް ފުޓުބޯޅަ ދަޑެއްގައި ހުންނަ ދެ ގޯލުން ކުރެ ގޯލަކަށް ކުޑަ ބޯޅައެއް ފޮނުވައިގެންނެވެ. ދެ ގޯލުގެ ތެރެއިން ކޮންމެ ގޯލެއް ވެސް ރަމްޒު ކޮށްދެނީ ޓީމެކެވެ.

މެޗުތަކުގެ ނަތީޖާ ދިމާކުރާ ޖަނަވާރުތައް ބައެއް ފަހަރު ހައިރާން ކުރަނިވި ގޮތައް ރަނގަޅު ނަތީޖާ ބުނާ އިރު މިފަހަރު އެފަދަ ގޮތަކަށް ވުން އެކަށީގެން ނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިރޭގެ މެޗުން ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމު ކެޓުމުގެ ފުރުސަތު ބޮޑު އިރު ގިނަ ބަޔަކު ދެކެނީ މިރޭ ޖަރުމަނު ހިތްވަރުކޮށް މެޗުން މޮޅުވަން މަސައްކަތް ކުރާނެ ކަމަށެވެ.

ޖަރުމަނާއި ސްވިޑެން މެޗުގެ ނަތީޖާ ނިއުޓަން "ބުނެދީފައި" ވާއިރު މިއަދު ކުޅުނު ބެލްޖިއަމް އާއި ޓިއުނީޝިއާ މެޗުގެ ނަތީޖާވެސް ނިއުޓަން ވަނީ ދިމާކޮށްފައެވެ. މެޗުގެ ޖުރިން ނިއުޓަން ބުނީ މެޗުން މޮޅުވާނީ ބެލްޖިއަމް ކަމަށެވެ. އެ މެޗު ބެލްޖިއަމް ކާމިޔާބު ކުރީ 5-1 ގެ ނަތީޖާ އަކުންނެވެ.

މީގެ ކުރިން ވޯލްޑަކްތަކުގެ އެންމެ މަޝްހޫރުކަން ހޯދި ޖަނަވާރަކީ ޕޯލް ދަ އޮކްޓަޕަސް އެވެ. އެހެން ނަމަވެސް ކުއްތާ ފަދަ އެހެން ޖަނަވާރުތައް ވެސް ނަތީޖާ ދިމާކުރުމަށް ބޭނުން ކުރެއެވެ. ޖަނަވާރުތައް ދިމާ ކުރާ ނަތީޖާ ހަގީގަތުގައި ނު ނުނެރެވުނަސް އެކަން އެންމެނަށް ވެފައި ވަނީ މަޖާ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހީމް

    އަޅުގަނޑުމެންވަރަށް ދެރަވެއެވެ.ނޫހުގައި ލިޔާނެ މިނޫންޚަބަރެއް ނުފެނުނީމައެވެ.ޣައިބުގައިވާކަމެއް ތިގޮތަށް ޖަނަވާރުންނަށް އެނގޭނަމަ މިފަދަ މެޗެއް ކުޅުމުގެ ބޭނުމެއްވެސް ނެތެންނޫނެވެ.ތިނޫސްވެރިޔާއަށް އިސްލާމީޢަޤީދާއާއު ފުށޫއަރާ މިބާވަތުގެ ލިޔުންތައް ނުހިމެނުމަށް ގޮވާލަން.

  2. ޙަސަން

    ބެލްޖިއަމް މޮޅުވީ 5-1 ން ނޫން. 5-2 ން. ލޮލުންތަ ބެލީ ނުވަތަ އެހެން ތަނަކުންތަ ބެލީ؟

  3. ޓާފް

    މިފަހަރު ވޯލްޑްކަޕްގެ ނަތީޖާ އެންމެމޮޅަށް ދިމާކުރަނީ ޓީވީއެމްގައި ވޯލްޑްކަޕް ގެނެސްދެން އެއުޅޭ މީހުން. އެމީޙުން އެބުނާގޮތަށް އެންމެ މެޗެއްގެ ނަތީޖާވެސް އަދި ދިމަލެއްނުވޭ. އެއީވާ ނަތީޖާ ބުނަންމޮޅުބައެއް. ސުޒޭނަކާ މާއްޓޭއަކާ އެކަހަލައެތައްބައެއް. އަހުންހަމަ ލަދުން ދެފައިކާރިކޮށްލަންނުކެރޭ.

  4. ހުސޭނުބޭ

    ތިއެކޭ އަބޫޖަހުލުމެން ޒަމާނުގައި ހުބަލުގެ ކައިރިއަށް ގޮސް ފާލުބެލުމެކޭ އެއްވަރު!!!!

  5. ދޫނި

    މިއޮތީ މޮޅުވެފާ!! ދެން ލަލަލާ!!!

  6. ހޮކްސް

    QURAN SURAH MAIDAH 005:090
    "ya ayyuhal lazina amanu innamal khamru wal maisiru walaasabu wal azlamu rij sum min amalis shaitani faj tanibuhu la allakum tuflihuun"
    mean:
    o you who believe ! intoxicants (all kinds of alcoholic drinks), gambling, and al-ansab(arrows for seeking luck and decision) and al-azlam are an admonition of shaitan's handiwork. so avoid all that in order that you may be successful.

  7. މަލަ

    ގުރާ ނުހަދާނެޔޯ ދޮގެއް