މި މަހުގެ 26 ވަނަ ދުވަހު، ނައިޖީރިޔާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް، އާޖެންޓީނާގެ ޓީމުން ވަމުންދާ ބައެއް ތައްޔާރީތައް ލީކުވެއްޖެއެވެ. ތައްޔާރީތަކުގެ ޕްލޭންތައް ލީކުވެފައިވަނީ، ފަރިތަކުރުންތައް ކުރިއަށް ދަނިކޮށް ނެގި ފޮޓޯތަކުންނެވެ.

އާޖެންޓީނާގެ ޓީމު ފަރިތަކުރަނިކޮށް ނެގި ފޮޓޯތަކަށް، ކޯޗު ޖޯޖް ސަމްޕައޯލީގެ އަތުގައި އޮތް ނޯޓު ފޮތެއްގެ ގަނޑެއް އެރުމުން، އެދުވަހު، ފަރިތަކުރުން ކުރިއަށް ގެންދަން ރާވާފައި ވާގޮތް، މީޑިޔާތަކަށާއި އާއްމުންނަށްވަނީ އެނގިގެން ގޮސްފައެވެ. އެހެންނަމަވެސް، މެޗުގެ ފުރަތަމަ 11 ފަދަ އެނޫން އެއްވެސް މުޙިއްމު އެހެން މައުލޫމާތެއް ލީކުވެފައި ނުވެއެވެ.

ކޯޗުގެ އަތުގައި އޮތް ނޯޓު ފޮތުގައި ކުރަހާފައިވާ ކުރެހުންތަކުން އެނގޭ ގޮތުގައި، އެދުވަހު ކޯޗު ވިސްނާފައިވަނީ، ޕްރެކްޓިސްގެ ތެރެއިން މެޗެއް ކުޅުމަށެވެ. ކޮންމެ ކޮޅަކަށް ހަތް ކުޅުންތެރި އަރުވައިގެން، ޓީމު ދެބަޔަކަށް ބަހާލައިގެން މެޗެއް ކުޅުމަށް ރާވާފައިވާއިރު، މެސީ ހަމަޖައްސާފައިވަނީ ދޭތެރެ ދޭތެރެއިން ޓީމި ބަދަލުކުރާ، ދެ ޓީމަށްވެސް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ލީކުވި ފޮޓޯއިން، ކޯޗު ނަގާފައިވާ ޓީމުވެސް ވަރަށް ރަނގަޅަށް ހާމަވެފައިވެއެވެ. އެގޮތުން، ޓީމް އޭގައި ހިމެނެނީ ކްރިސްޓިއަން އަންސަލްޑީ، ފެޑެރިކޯ ފާޒިއޯ، ގިއޮވާނީ، މެކްސިމިލާނޯ މެޒާ، ޑިބާލާ، ޕަވޯން އަދި އަގުއެރޯ އެވެ. ޓީމް ބީގައި ހިމެނެނީ ސަލްވިއޯ، ރޯޖޯ، ޓެގްލިފިއާސޯ، މެޝިރާނޯ، ޑިމަރިޔާ، ހިގުއައިން އަދި ޕެރޭޒް އެވެ.

ސަމްޕައޯލީގައި އަތުގައި އޮތް ގަނޑުތަކެއް ލީކުވެފައިވާއިރު، ދާދިފަހުން، އިންގްލަންޑްގެ އެސިސްޓަންޓް ކޯޗު، ސްޓީވް ހޮލަންޑުގެ އަތުގައި އޮތް ގަނޑުތަކެއްވެސް ލީކުވެ، މީޑިޔާގެ ސަމާލުކަން ލިބިފައިވެއެވެ. އޭނާގެ އަތުން ފެނިފައިވަނީ، ކުރިއަށް އޮތް ޕެނަމާ މެޗުގައި ކުޅޭ ޓީމުގެ ލައިން އަޕް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    އަހަރެންނަކީ އާޖެންޓީނާއަށް ސަޕޯޓްކުރާ މީހެއް.
    އެކަމަކު މިފަހަރުގެ ކުޅުމަށް ބަލާފައި އާޖެންޓީނާއަށް ދެވަނަ ބުރު ހައްގެއް ނޫން.

    • ޙައްޤު

      ޙައްޤުވާ ޓީމްތަށް 2 ވަނަ ބުރަން ދާނީ.

      • ޕޮއް

        ތީކީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން.
        ބައެއް ފަހަރު ނަސީބު އެހީ ވާނެ.

  2. މީހެއް

    އެއްވސް މީހަކަށް ނޭގޭނެ ވާނެ ގޮތެއް ގުދޯ ގުދޯ ގޮވިއަސް އާރޖެން ޗޓީނާ ދެވަނަ ބުރަށް ދާން އޮތްނަމަ ދާނެ. ސާފު ؟