ދުނިޔޭގެ ފުޓުބޯޅައިގެ ޢީދުގެ ފޯރި، އެއް ދުވަހުން އަނެއް ދުވަހަށް މި ދަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކުވެސް އިވޭ ވާހަކަތަކުންނާއި، ފެންނަ މަންޒަރުތަކުން، ބޯޅައިގެ ފޯރި ދަނީ ދެ ގުނަވަމުންނެވެ. ވޯލްޑް ކަޕާ ގުޅުވައިގެން، ވާހަކަ ދެކެވެނީ ހަމައެކަނި ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނާ ބެހޭގޮތުންނެއްވެސް ނޫނެވެ. އެޤައުމުތަކުގެ ސަޕޯޓަރުންގެ ވާހަކަ ތަކަކީވެސް، ހޫނުކޮށް ދެކެވޭ ވާހަކަ ތަކެކެވެ.

ފްރާންސްގެ ސަޕޯޓަރެއް

ޖިންސީ ފަރަޤު ކުޑަކުރުމަށްފަހު، މިހާރު ސްޓޭޑިއަމަށް މެޗު ބަލަން ވަންނަ އަންހެނުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެންމެ ގަދައަށް ސަޕޯޓުކުރާ، "ހާޑްކޯ ސަޕޯޓަރުންގެ" ގޮތުގައިވެސް، އެފަރާތްތައް ގުނާލެވޭނެއެވެ. ދުނިޔޭގެ އެކި ބިތްތަކުގެ އެކި ޤައުމުތަކުންވެސް، ގިނަ އަދަދެއްގެ އަންހެނުން މެޗު ބެލުމަށް މި އަހަރުވެސް، ރަޝިޔާއަށް ދިޔައެވެ.

މި ގޮތުން ބަލާކަމުގައިވާނަމަ، އެންމެ ރީތީ ކޮން ޤައުމެއްގެ އަންހެން ސަޕޯޓަރުން ހެއްޔެވެ؟ އެންމެ ތަފާތީ ކޮން ޤައުމެއްގެ ސަޕޯޓަރުން ހެއްޔެވެ.

ޕޯޗުގަލްގެ ސަޕޯޓަރެއް

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެންމެ ރީތި އަދި ތަފާތު އަންހެން ސަޕޯޓަރުން އުޅޭ އެއް ޤައުމަކީ ސްޕެއިންނެވެ. އެކި ސްޓައިލްގެ އެކި ސަޕޯޓަރުން އެޤައުމުގައި އުޅެމުންދާއިރު، ސަޕޯޓުކުރުމުގައި، އެފަރާތްތަކުންވެސް އެކި އުކުޅުތައް ބޭނުންކުރެއެވެ. ޕޮންޕޮން އިން ފެށިގެން، މޫނުގައި ކުރެހުމާ ހަމައަށް ދެއެވެ.

ސްޕެއިންގެ ސަޕޯޓަރެއް

ހަމައެހެންމެ، ސައުދީ އަންހެން ސަޕޯޓަރުންނަކީވެސް ތަފާތު ބައެކެވެ. އެޤައުމުގައި އަންހެނުންނަށް ސްޓޭޑިއަމްތަކަށް ގޮސް މެޗު ބެލުމުގެ ހުއްދަ ލިބުނީ ވަރަށް ފަހުންނެވެ. އެހެންނަމަވެސް، މި އަހަރުގެ ވޯލްޑް ކަޕަށްވެސް އެޤައުމުގެ ބައެއް އަންހެން ސަޕޯޓަރުންވަނީ ގޮސްފައެވެ. މެޗު ބަލަން ދިޔައިރުވެސް، އެމީހުންގެ އާދަކާދަތައް މަތިން ހަނދާން ނައްތާލުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ސައުދީގެ ސަޕޯޓަރުންތަކެއް

ދެން، އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކަށްވާނީ ރަޝިޔާގެ އަންހެން ސަޕޯޓަރުންނެވެ. މުބާރާތް ބާއްވާ ޤައުމުގެ ފައިދާއާއެކު، އެމީހުންގެ ސަޕޯޓުކުރުމުގެ ހަރަކާތްތައްވެސްވަނީ މެކުހަށް ޖަހާފައެވެ.

ޕެނަމާގެ ސަޕޯޓަރެއް

މީގެއިތުރުން، ޖަޕާން، ދެކުނު ކޮރެޔާ، ޕޯޗުގަލް، ޕެނަމާ އަދި އާޖެންޓީނާ ފަދަ ޤައުމުތަކުގެ އަންހެން ސަޕޯޓަރުން ފާހަގަކޮށްލެވެއެވެ. އެފަރާތްތަކުގެ، ރީތި ފޮޓޯތައްވެސް އާއްމުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް

  ސައޫދީ އިނގޭތޯ..

 2. ޕޮފުބާ

  ޕޯޗްގަލް

 3. ބޭބެ

  މޫނުން ފެންނަ ރީތި ކަމަށް ބަލާއިރު އަޅުގަނޑަށް އެންމެ ރީތީ ޕެނަމާގެ ސަޕޯޓަރު!! ދެން ސަޢުދީ ސަޕޯޓަރުގެ ރީތިކަމެއް ނޭނގޭ!! އެއީ މުޅިން ނިވާކޮށްކޮށްގެން ހުރީމަ!! މޫނުވެސް ނުފެނޭ!! އެހެންވީމަ އެންމެ ނިވާކަން ބޮޑީ ސަޢުދީ ސަޕޯޓަރުންނޭ ބުނެވިދާނެ!! ރީއްޗެކޭ ނުބުނެވޭނެ!!

 4. ރީމާ

  އެންމެ ރީތީ ބުރަޒިލްގެ އަންހެންކުދިން

 5. Anonymous

  ޕޯޗުގަލް