ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްގައި މިއަދު ސޮއިކުރަން ވަނީ ފަށާފައެވެ. ސޮއިކުރުން މަހެއްހާ ދުވަހަށް ކުރިއަށްދާނެއެވެ. އެކަމަކު އަދިވެސް ފްލެޓްތައް ލިބުނު މީހުންގެ ކަންބޮޑުވުމަކީ ކުލި ބޮޑުވުމެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދެއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އާޒިމް "ވަގުތު" އަށް މިއަދު ވިދާޅުވީ، ފްލެޓްތައް ކުޑަކުރުމަށް ޕެޓިޝަން މަޖިލީހަށް ހުށައަޅައި ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި ހިޔާގެ ކުއްޔެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ އަދަދަކީ ޝޯޝަލް ހައުސިން ޔުނިޓްތަކަށް އަޅާއި ބަލާއިރު ބޮޑު އަދަދެކެވެ.

"8500 އަކީ ޝޯޝަލް ހައުސިން ޔުނިޓަށް ބޮޑު އަދަދެއް. ކުލި ކުޑަވާން ޖެހޭ" އާޒިމް ވިދާޅުވިއެވެ. އެހެން ވިދާޅުވާން ޖެހުނީ ފްލެޓް ލިބުނު ގިނަ މީހުންނަކީ އުޅޭނެ ތަނެއް ނެތް މީހުންނަށް ވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އާއްމު ގޮތެއްގައި ގިނަ މީހުންގެ އާމްދަނީވެސް އުޅެނީ 5000 އާއި 6000 ދެމެދުކަމަށްވާއިރު އެހާ ބޮޑު އަދަދެއް ދައްކައިގެން ދިރިއުޅުމުގެ ގިނަ ކަންތައްތައް ފޫނުބެއްދޭނެކަން އާޒިމް ފާހަގަކުރެއްވިއެވެ.

ހިޔާ ޔޫނިއަނުން ވަނީ ކުލި ކުޑަކޮށް ދިނުމަށް އެދި ރައީސް އޮފީހާވެސް ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި 5600ރ. އަށް މަހު ކުލި ހަމަޖެއްސުމަށާއި، އިންޓީރިއާ ފިނިޝިންއަށް ދޭ ގްރޭސް ޕީރިއެޑް 12 މަހަށް ހެދުމުގެ އިތުރުން، ފްލެޓްގެ އިންޓީރިއާ އަށް ހަރަދުވާ އަގު ޖުމްލަ އަގުން 100،000ރ. މައާފް ކޮށްދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ކުރީގެ ހައުސިން މިނިސްޓަރުގެ އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ ފްލެޓްގެ އަގު 5،500 ރުފިޔާއަށް ކުޑަކޮށްދޭން ސަރުކާރުގައި އެދިވަޑައިގެންފައެވެ. މިހާރު ކަނޑައަޅާފައިވާ 7،500 ރުފިޔާއަކީ ނެގެން އޮތް އެންމެ ކުޑަ އަގު ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުއްޔާއި ގުޅޭ މަޝްވަރާތައް އަދިވެސް މާލޭ ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އިބްރާހީމް

    ލަދު ކޮބާ؟ މިއޮށް ހުރިހާ ދުވަހު އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް 12000ރ ދައްކައިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު ކޮބާ ތިމީހުން..... ހެޔޮ ނިޔަތުގައި ކުރަން އުޅޭ ކަމަކަށް ޤަބޫލެއް ނުކުރެވޭ!

    4
    3
  2. ސސ

    އެޕާޓްމަންޓެއްގެ ޖުމުލަ އަގު ބޮޑު މިހާރު ހުރިވަރުން 2250000 ދެމިލިއަން އެބައަރާ މީގެ އެޕާޓްމެންޓެއް ގިނަވެގެން 1.5 ކަށް ލިބެންވާނެ !

  3. ދޮންބެ

    މިސަރުކާރުގެ ދެކަންފަތަށް ވަނީ ތިމަރަ އަޅާފައި!ލޯބޯ ކޮށި ވެރިން ތަކެއް ލައިގެން ކުރެވޭނެ ހެޔޮވެރިކަމެއްނެތް! ކުޅުދިރުވާލައިގެން ހައްޕު ކިޔައިގެން ތިބުން އެއީ ހައްގު މިންވަރު!

    11
  4. ސިޔާ

    ހިޔާ ފްލެޓްގެ އަގު ކުޑަ ނުކޮށްފި ނަމަ އަޅުގަނޑުމެންވެސް 2023 ގައި ގޮތް ނިންމާނަން

  5. އަހުސަން

    އަހަރެންނަކީ އެމްޑީ ޕީ މީހެއް. އަހަރެމެންގެ ފްލެޓް ކުލި ކުޑަ ނުކޮށްފި ނަމަ 2023 ގައި ޕާޓީއަށް ވޯޓް ނުދޭނަން

  6. ފަޒީލް

    ބުރަ މަސައްކަތުން ގެނައި ސަރުކާރުން ފްލެޓްތަކުގެ އަގު ބޮޑުކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން

  7. އަސްރަފް

    ވޯޓް ނުދޭނަން ޕާޓީ އަށް 5600ރ ކުލި 1.2 މިލިއަން ހަމަ އަގު ނަހަދަނީސް

  8. Anonymous

    ކުލި ކުޑަކުރޭ ވޯޓް ނުދޭނަން

  9. އައިންތު

    ވޯޓް ނުދޭނިން

  10. އަޒޫ

    ހަމަ މިހާރު ކުލި ކުޑަކުރޭ ވޯޓް ހަރާމް ކުރަ2023

  11. ސުނޭ

    ރައްޔިތުންގެ ނިންމުން 2023 ފްލެޓް އަގު ކުޑަކުރަ

  12. ރިޔާޒް

    ފުލެޓް ކުލި ކުޑަ ނުކުރަންޏާ ޕާޓީ އަށް ވޯޓް ދެވެން ނެތް ސޮރީ.

  13. ހުސެން

    ފުލެޓް ލިބިފަވަނީ 35000 ހާސް މީހުންގެ އާއިލާ ވޯޓް ވަރަށް މުހިންމުވާނެ

  14. ސިޔާމް

    ރިޔާސީ އިންތިހާބް 2023 ގައި ވޯޓް ނުދޭނަން

  15. ސިނާ

    ކުލި 5600ރ. ޖުމުލަ އަގު 1.2 މިލިއަން. 2023 ވޯޓް ބޭނުންތޯ

  16. ޒަހުރާ

    ހިޔާ ފުލެޓްގެ މަހު ކުލި 500ރުފިޔާއަށް ކުޑަކުރެ! އަދީ ޓޯޓަލް 1.2 މިލިއަން ރުފިޔާއަށް ހަދާ ވޯޓް ނުލިބޭނެ

  17. އަލިކޮއެ

    ވޯޓް ކޮފަ. ނުދޭނިން ފްލެޓް ކުލި ކުޑަކުރަ

  18. އަހުމަދު

    2023 ގައި ސައިޒް ކުރާނިން

  19. ދީދާ

    ކުލި ކުޑަކުރޭ! ކުލި ކުޑަކުރޭ! ވޯޓް ނުލިބޭނެ

  20. އަފީ

    މަގޭފްލެޓް ކުލި 5600ރ އަށް ހަދާދީ! މަގޭ ފްލެޓް ޖުމުލަ އަގު1.2 މިލިއަން ރުފިޔާއަށް ހަދާދީ ކުރިމަތީ އޮތީ 2023 ރައްޔިތުންގެ ނިންމުން

  21. Anonymous

    އަސްލަންޓޭ ގެންގުޅުއްވަނީ ހާމާން ހައްދަވާ ހިސާބުތައް. ވީމާ ތިކަމެއް ނުވާނެ. އަސްލަންޓޭ ހުރީ ދޮގުމައްޗަށް ދޮގު ހަދާ ހަދާ ފެއިލްވެ ނޯކޮންފިޑެންސް ވޯޓު ނަގަންޖެހޭ ހިސާބުގަ. ހަމަ ޔަގީނުންވެސް ރައްޔިތުންގެ ވޯޓެއް ނަގާފިއްޔާ އެންމެ ވަގުތު ކޮޅަކަށްވެަް ނުހުންނާނެ

  22. Anonymous

    ކޮންމެހެން މާ ހެޔޮފުޅުވެގެން ނޫޅުއްވުން އެދެން.

  23. ޢަހްމަދު

    ސާބަހޭ އާޒިމް. ތީ މެމްބަރުން ތިބެންޖެހޭނެ ގޮތަކީ. ޜައްޔިރުން ނާއެކު. ކާމިޔާބައްއެދެން.

    2
    1
  24. ރައްޔިތުމީހުން

    ޢަޙާ އަނެއްކާ އާދައުރަކަށް ހޮވޭތޯ މަސައްކަތް ފެށީދޯ

  25. ހަނާ

    މިއޮހުރިހާ ދުވަހު ފުލެޓް ލިބުނުމީހުން އަތުން ފުލެޓުފޭރެން ވެގެކުރިމަސައްކަތް ހަދާންނެތުނީތޯ؟ މާލެމީހުންނަށޯ ފުލެޓް ހައްގުވަނީ ..............................

  26. ޔޮޔާ

    2018 ގަދީނިފަ ހުރިފުލެޓްތަކެއް ނުދޭންވެގެން ށަރުތުތަ ބަދަލުކޮ ލިބިފަތިބި މީހުންއަތުން ފޭރުނު ހަދާން އެބަހުރިތޯ......

  27. އަލީ ވަޙީދު

    ވިސްނުމެއްނެތި ކޮންފި ކަމަކުން އެންމެފަހަރަކ ދޭހުގައި ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ ޢުމުރަށްމުޅިން.