ގުރޫޕް އެޗްގައި ކުުޅުނު ފުރަތަމަ މެޗުތަކުން، ސެނެގާލް އާއި ޖަޕާން ވަނީ މޮޅުވެފަ އެވެ. ސެނެގާލް ވަނީ ފުރަަތަމަ މެޗުގައި ޕޯލެންޑް ބަލިކޮށްފަ އެވެ. ޖަޕާން ވަނީ ކޮލަމްބިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ސެނެގާލްް އާއި ޖަޕާން މިރޭ ކުރިމަތިލާ މެޗުން މޮޅުވާ ޓީމަކަށް، ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން މޮޅުވެ، ޖަޕާން ވަނީ ތާރީހުން ޖާގަ ހޯދައިފަ އެވެ. ޖަޕާނަކީ ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމެއް އަތުން މޮޅުވި އޭޝިއާގެ ފުރަަތަމަ ޓީމެވެ. ދެވަނަ މެޗަށް ނުކުންނައިރު، ޖަޕާންގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުން، މޮޅެއް ހޯދި ހަމައެކަނި ޓީމަކީ ސެނެގާލް އެވެ. ދެވަނަ މެޗަށް ނުކުންނައިރު، ސެނެގާލްގެ ޓީމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.

ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނީ މުބާރާތުގެ ފުރަތަމަ މެޗުން ސެނެގާލް މޮޅުވީ ޑިސިލްޕިން ރަނގަޅުވުމުން ކަމަށެވެ. އަދި ދެވަނަ މެޗުގައި ވެސް އެގޮތަށް ކުޅެފިނަމަ، ސެނެގާލް އަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

ސެނެގާލް:

އެފްރިކާގެ ޤައުމުތަކުގެ ތެރެއިން، މިހާތަނަށް އެންމެ ރަނގަޅު ވިން ރޭޓެއްް ހޯދާފައިވަނީ ސެނެގާލް. ސެނެގާލް ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަ މެޗުން ތިން މެޗު ކާމިޔާބުކޮށްފަ.

މީގެ ކުރިން ވޯލްޑް ކަޕެއްގައި ފުރަތަމަ ދެ މެޗު ކާމިޔާބުކުރީ އެފްރިކާގެ ދެ ޤައުމު. އެއީ 1990 ވަނަ އަހަރު ކެމަރޫން އަދި 1998 ވަނަ އަހަރު ނައިޖީރިއާ.

މިިއީ ވޯލްޑް ކަޕެއްގައި އޭޝިއާގެ ޤައުމަކާ ދެކޮޅަށް ސެނެގާލް ނުކުންނަ ފުރަތަމަ ފަހަރު.

ޖަޕާން:

އޭޝިއާގެ ޓީމަކަށް ވޯލްޑް ކަޕެއްގައި ކުޅުނު ފުރަަތަމަ ދެ މެޗު މިހާތަނަށް ކާމިޔާބެއް ނުކުރެވޭ.

2002ގެ ފަހުން ޖަޕާނަށް ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން ދެ މެޗުން މޮޅެއް ނުވޭ.

އެނގޭތަ ؟

ޖަޕާނަށް ދެކޮޅަށް ސެނެގާލް ވަނީ މިހާތަނަށް އެކުވެރިކަމުގެ ތިން މެެޗު ކުޅެފަ އެވެ. ތިން މެޗުން ވެސް ސެނެގާލް ބައްޔެއް ނުވެ އެވެ.