އާޖެންޓީނާއާއި އެކު ވޯލްޑްކަޕްގެ ތަށި އުފުލާނުލާ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރަން ބޭނުން ނުވާ ކަމުގައި އެ ގައުމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

"ދަ މިރަރ" އަށް ދިން އިންޓަވިޔުއެއްގައި މެސީ ބުނީ ވޯލްޑްކަޕަކީ އާޖެންޓީނާއަށް ވެސް އަދި ހުދު އޭނާއަށް ވެސް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

"އަހަރެންގެ އަބަދުވެސް އުންމީދެއް އެއީ ވޯލްޑްކަޕްގައި އަހަރެން ވިދާލުން. އަދި ވޯލްޑްކަޕްގެ ތަށި އުފުލާލުން." މެސީ ބުންޏެވެ.

އާޖެންޓީނާއިން ވޯލްޑްކަޕް ކާމިޔާބުކޮށްފިނަމަ އެކަމަކީ އެގައުމުގެ އެތަށް މިލިއަން ބައެއްގެ މޫނަށް ހިނިތުންވުން ގެނުވާނެ ކަމެއް ކަމަށްވެސް މެސީވަނީ ބުނެފައެވެ.

"ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބުކޮށްފިނަމަ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އާޖެންޓީނާގެ އެތަށް މިލިއަން ބައެއްގެ މޫނަށް ހިނިތުންވުން ގެނުވާނެ. އެހެންކަމުން ވޯލްޑްކަޕް ކާމިޔާބު ކުރުމަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް އަހަރެމެން މަސައްކަތް ކުރާނަން" ކެޕްޓަން މެސީ ބުންޏެވެ.

ކުލަބު ފެންވަރުގައި ހުރިހާ މުބާރާތެއް ކާމިޔާބު ކުރެވިއްޖެ ކަމަށާއި ގައުމާއި އެކު ވޯލްޑަކަޕްގެ ތަށި އުފުލާނުލާ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރަން ބޭނުންނުވާ ކަމަށްވެސް މެސީ ބުންޏެވެ.

އާޖެންޓީނާއާއި އެކު ވޯލްޑްކަޕް ކާމިޔާބު ކުރުމަށް މެސީ މަސައްކަތް ކުރަމުންދާއިރު އާޖެންޓީނާއަށް ވޯލްޑްކަޕްގައި ދެން ކިރިޔާވެސް އުންމީދެއްް އޮތީ ކުރިއަށް އޮތް ނައިޖީރިއާ މެޗު ކާމިޔާބުކޮށްގެންނެވެ.

ނައިޖީރިއާ އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަށްދު

    އެހެންވީޔާމް ތަބަކަކަށްލާފަ ދޭންވީ

  2. އެސް....އޯ...މޭން

    މެސީ އަވަހަށް ކޮއްކޮ ގޮވާގެން އޮންލައިން ކޮށް ގޭމެއް ކުޅޭ...ތިޔަތަށްޓާ ހަމައަށް އަތްވެސް ނެތް ފޯރާކައް..އަލީއެކްސްޕުރެސް އިން މަސްބާނަން ދޮށްޓެއް ގެނަސް އެޔައް ބަލަން އިދޭ...

  3. ހިހީ

    ދިވެހިންނަކަށް ނެތް އަދި ވޯލްޑް ކަޕޭ ކިޔައިން އަނގަ ހުޅުވެކަށް. ހުޅުވާ ކޮންމެ މީހެއްގެ އަނގަޔަށް މެސީ ފަރާތުން ފޮޑިއެއް!