އޮލިމްޕިކްސްގެ އެންމެ ވާދަވެރި ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ފެތުމުގެ 400 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށް ޓިއުނޭޝިއާގެ 18 އަހަރުގެ ފެތުންތެރިޔާ ހަފްނައޯއީ ރަަން މެޑަލް ހޯދައިފިއެވެ.

މިއީ އޮލިމްޕިކްސްގެ ތާރީހަށް ބަލާނަމަ ވެސް ތަފާތު ނަތީޖާާއެކެވެ. އޭނާ ރަންވަނަ ހޯދީ ފައިނަލް ހީޓުގައި ދުނިޔޭގެ ވަރުގަދަ އަދި ދުވަސްވީ ފެތުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ހަފްނައޯއީ ވަނީ ކޮލިފައިން ހީޓުތަކުން ދަށްކޮށް ނަތީޖާ ހޯދާފައެވެ. ނަމަވެސް އެންމެން ހައިރާންކޮށްލުމަށް ފަހު އޭނާ އެއްވަނަ ހޯދުން ވެގެންދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކަށެވެ. އެއީ މިހާތަނަށް ކޮލިފައިން ހީޓުތަކުގައި ދަށްކޮށް ނިންމާ އެތްލީޓުން ފައިނަލް ހީޓުގައި އެއްވަނަ ލިބެނީ މަދު ފަހަރަކު ކަމުގައި ވުމުންނެވެ.

އޭނާ އެއްވަނަ ހޯދީ ތިން މިނެޓު 43.36 ސިކުންތުން ނިންމައިގެންނެވެ. ދެވަނައަށް ދިޔައީ އޮސްޓްރޭލިއާގެ ޖެކް އެވެ. އޭނާ ނިންމީ ތިން މިނެޓު 43.52 ސިކުންތުންނެވެ.

ހަފްނައޯއީ އަކީ ޓިއުނީޝިއާގެ މަޝްހޫރު ބާސްކެޓް ކުލުންތެރިޔާ މުހައްމަދު ހަފްނައޯއީގެ ދަރިފުޅެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ޔޫތު އޮލިމްޕިކްސްގައި ވާދަކޮށްފައެވެ. ނަމަވެސް އެ ފަހަރު މާ ރަނގަޅު ނަތީޖާާއެއް އޭނާއަށް ނުހޯދެއެވެ. އެހެންކަމުން އޭނާ އަމާޒުހިފީ 2024 ގެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދާށެވެ. ނަމަވެސް އޭގެކުރިން އޭނާގެ ހުވަފެން ވަނީ ހަގީގަތަކަށް ވެފައެވެ. .

ރަން މެޑަލް އާާއެކު ހަފްނައޯއީ

މި ކާމިޔާބީއަށްފަހު މީޑިއާއާއި ވާހަކަދައްކަމުން ހަފްނައޯއީ ބުނީ މިއީ އެއްގޮތަކަށްވެސް އުއްމީދުކުރި ނަތީޖާ ނޫން ކަމަށާއި ރަން މެޑަލް ލިބުނީ ފައިނަލް ހީޓުގެ ފެށުން ރަނގަޅުވުމުން ކަމަށެވެ. އަދި އެންމެ އުފާވީ ރަން މެޑަލް އެޅުވުމަށްފަހު ޓިއުނީޝިއާގެ ގައުމީ ސަލާމް ޖެހި ވަގުތު ކަމަށްވެސް ބުންޏެވެ. އަދި އެއީ ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ކަމެއް ކަމަށްވެސް ބުންޏެވެ.

މިއީ 400 މީޓަރު ފެތުމުގެ އިވެންޓުން އެފްރިކާ ބައްރުގެ އެތްލީޓަކު ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.