ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ހުންނަ ހޮޓަލުގެ ބޭރަށް އީރާނުގެ ސަޕޯޓަރުންތަކެ އެއްވެ، އޭނާއަށް އުނދަގޫކޮށްފިއެވެ. އެފަރާތްތަކުންވަނީ، ރޮނާލްޑޯ ހުންނަ ކޮޓަރީގެ ބޭރުގައި ތިބެގެން ހަޅޭލަވައި، ވުވުޒެލާ ބޭނުންކޮށްގެން އަޑުގަދަކޮށްފައެވެ.

އެހެންނަމަވެސް، އެންމެ ތަފާތު ކަމަކީ، އެފަރާތްތަކާ ރޮނާލްޑޯ ކުރިމަތިލީ ގޮތެވެ. އެފަރާތްތައް ފެންނަ ހިސާބަށް ނިކުމެ، ރޮނާލްޑޯ ވަނީ ވަރަށް ރީތިކޮށް އަޑު މަޑުކުރުމަށް އެދި، އެމީހުންގެ ކިބައިންވެސް ނިދަން ދިއުމަށް އެދިފައެވެ. މިކަން އޭނާކޮށްފައިވަނީ އިޝާރާތުންނެވެ.

މި މަންޒަރު ފެންނަ ވީޑިޔޯއެއް މީސް މީޑިޔާގައި ދައުރުވަމުންދާއިރު، ރޮނާލްޑޯ ކަންތައް ކުރިގޮތުން އެތައް ބަޔަކުވަނީ ހައިރާންވެފައެވެ. އަދި، ރީތިކޮށް، މަޑުމައިތިރިކަމާއެކު އޭނާ ޖަވާބު ދިނުމުން އެތައް ބަޔަކު ތައުރީފުވެސްކޮށްފައިވެއެވެ.

https://twitter.com/Ronaldoverses/status/1010993236238917632

ހަމައެހެންމެ، އީރާނުގެ ސަޕޯޓަރުން ކޮށްފައިވަނީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށްވެސް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ. މިގޮތަށް ކުޅުންތެރިޔަކާ ޖައްސާލައިގެން، ކުޅުންތެރިން ތިބޭ ތަންތަނަށް ގޮސް އެމީހުންނަށް އުނދަގޫކޮށް ޖެއްސުންކުރުމަކީ، ބަލައިގަންނަން ފަސޭހަ ކަމެއް ނޫންކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ވަރުގަދަ މެޗެއްގެ ކުރިން އަރާމު ނިންޖަކީ ކުޅުންތެރިއަކަށް ވަރަށް މުޙިއްމު ކަމެކެވެ. އެކަށީގެންވާ މިންވަރަށް ފެން ބުއިމާއި، ބޭނުންވާ ބައިތައް ކެއުމެކޭ އެއްގޮތަށް، މިއީވެސް ހަމަ ވަރަށް ބޭނުންތެރި ކަމެކެވެ. ވަކީން ޚާއްޞަކޮށް، މެޗެއްގެ ކުރީ ރޭގެ ނިދި ވަރަށް މުޙިއްމު ވާނެއެވެ.

ޕޯޗުގަލްގެ ކުރިއަށް އޮތް މެޗަކީ އީރާނާ ދެކޮޅަށް އެޓީމު ނިކުންނަ މެޗެވެ. އެމެޗު ފަށާނީ މިރޭ 23:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ????????????????????????

  2. ޖަ

    ކަލޯ ޕެނަލްޓީ ވައްދާލައިގެން މޮޅުވިނަމަ ރަސިޔާ އާ ކުޅެން ޖެހުނީހީ. އޭރަށް މެޗު ފަސޭހަ ވާނެ.. ނަމަވެސް ލީޑަރު ކަލޭގެ ބޭނުންވީ އުރުގުއޭއާ ކުޅެން