ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިޔަށްދާ އޮލިމްޕިކް ގޭމްސްގައި ރާއްޖެއަށްވުރެ އާބާދީ މަދު ބާމިއުޑާއިން އަންހެނުންގެ ޓްރައެތްލޯން އިވެންޓުން ރަން މެޑަލް ހޯދައިފިއެވެ.

މި އިވެންޓުން އެ ގައުމު ރަން މެޑަލް ހޯދައިދިން އުމުރުން 33 އަހަރުގެ ފްލޯރާ ޑުފީ އެވެ. މިއީ އާބާދީގަައި ގާތްގަނޑަކަށް 63 ހާހެއްހާ މީހުން ދިރިއުޅޭ ބާމިއުޑާ އިން އޮލިމްޕިކްސްގައި ހޯދި ފުރަތަމަ ރަން މެޑަލެވެ. މިއާއެކު އެ ގައުމު ވެފައިވަނީ އޮލިމްޕިކްސްގެ ތާރީހުގައި ރަން މެޑަލް ހޯދި އެންމެ ކުޑަ ގައުމަށެވެ.

ފްލޯރާ މި އިވެންޓު ނިންމާފައިވަނީ އެއް ގަޑިއިރާއި 55 މިނެޓު 36 ސިކުންތުންނެވެ. ދެވަނަ ހޯދާފަައިވަނީ އިނގިރޭސިވިލާތުގެ އެތްލީޓެކެވެ. ޓްރައެތްލޯން އިވެންޓުގައި ކުރިޔަށްދާނީ ފެތުން އަދި ބައިސްކަލް ދުއްވުން އެކުލެވޭގޮތަށެވެ. މި އިވެންޓުން ފްލޯރާ އެއްވަނަ ހޯދާފައިވަނީ ދުނިޔޭގެ ވަރުގަދަ ގައުމުތަކުގެ 56 އެތްލީޓުންނާއި ވާދަކޮށްގެންނެވެ.

"ވަރަށް ހައިރާންވެފައި މިހިރީ މިވަރުގެ ކާމިޔާބީއެއް ލިބުނީމަ، އެއްގޮތަކަށްވެސް އުއްމީދެއް ނުކުރަން ރަން މެޑެއްޔެއް ލިބިދާނެކަމަށް، މިއީ އަހަރެންގެ ވަރަށް ބޮޑު ހުވަފެނެއް، ބާމިއުޑައަށް އަހަރެން މި މެޑަލް ހާއްސަކުރަން، މިއީ ރައްޔިތުންނަށް އަހަރެންގެ ފަރާތުން ބޮޑު ހަދިޔާއެއް" ރަން މެޑަލް ކަރުގައި އެޅުމަށްފަހު ފެންކަޅިވެފައި ހުރި އެތްލީޓު ބުންޏެވެ.

ބާމިއުޑާ އަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮންނަ ކުޑަ ގައުމެކެވެ. މިއީ ފްލޯރާ އޮލިމްޕިކްސްގައި ވާދަކުރި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އޭނާއަށް އިނގިރޭސި ރަށްވެހިކަން މީގެކުރިން ހުށައެޅި ނަމަވެސް އެކަން ގަބޫލުކޮށްފައެއް ނުވެއެވެ.

އެންމެ ފުރަތަމަ އޭނާ ވާދަކުރީ 2008 ގެ އޮލިމްޕިކްސްގައެވެ. އެ ބުރު އޭނާ ނިމުނީ ފުލުގައި އޮވެގެންނެވެ. 2012 ގެ އޮލިމްޕިކްސްގައި ދިމާވި އެކްސިޑެންޓާއި ގުޅިގެން ރޭސް ނިންމީ 45 ވަނައިގައި އޮވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮޑު ހުސޭނު

    އާން. ތިޔަ ބޭރު ޤައުމެއްގައި ދުވުމެއް އޮތިއްޔާ މި ޤައުމުގެ ސިފައިން ގޭގެވަޒީފާގަ އުޅޭ ސާއިދޭ ކިޔާމީހެއް ދުވާނެ. މާބޮޑުކާމިޔާބީއެއް ލިބޭތަނެއް ނުފެނޭ.އަބަދުވެސް ހުންނާނީ ކޮންމެވެސް ބޭރުޤައުމެއްގަ ދުވަން ފޮނުވާފަ.ވަޒީފާގަ ކުރަންޖެހޭ މަސައްކަތަކީ އަބަދުވެސް ދުވުން. ބޭކާރު ލާރި ޚަރަދުކުރަން..

    15
    6
  2. އައިޝާ

    މިއަދު މިހެން ސުރުހީ ޖަހާފަ މާދަމާ ހަމަ "ވަގުތު"ގަ ޖަހާނެ ރާއްޖެ ކުޅުންތެރިންނަށް ވަނައެއް ނުލިބުނަސް ވަރަށް ރަނގަޅަށް ކުޅުނޭ. ހިތްވަރު ކުރިޔޭ. އެއްވަރެއް ނުވިޔަސް އެވަރަށް ސަނާކިޔާނެ އެމީހުންނަށް

    11
    1
  3. މުނައްވަރު

    ކެކެކެކެ އުޅެ ބޮޑުވީ ޔޫއެސްގައި ކުޅިވަރު ކުޅެ ޓްރޭނިންގް ހަދަނީ ޔޫއެސްގައި ބަލާލައިގެން ހަބަރުތައް ގެނެސްދީބަލަ

    1
    6
  4. ނަސް

    ހަމައެކަނި ފެންނަނީ މެޑަލް އެހޯދަން ކުރާ ގުރުބާނީ އާއި ކުރާ ހަރަދު ނުފެނޭ

  5. އަޙްމަދު

    ދިވެހިން މީޑީއާ ތަކާއި ނޫސްތަކުގައި ލިޔާ ގޮތުން ބައެއްފަހަރު ހީވޭ ގަސްތުގައި ބަޔަކު މެޑެއްޔެއް ނުދެނީހެން! ފުޓްބޯޅަ ކޮމެންޓޭޓަރުން ކޮމެންޓޭޓްކުރާއި ދިވެހި ފުޓްބޯޅަޓީމް ބެރެޒިލް އާޖެންޓީނާއަށްވުރެ މޮޅަށް ކުޅޭ!!! ފުރަތަމަ މިކަން ހުއްޓަން ޖެހޭ!

    ތަޖްރިބާ ކުރަން ދިއުން ހުއްޓަންޖެހޭ! ކޮންމެ މުބާރާތަކަށް ގޮސްފައި އިސްބުނަނީ ވަރަށް ރަނގަޅު ތަޖްރިބާއަކޭ! އެތަނަށް ދާމިހުން ހޮޓެލް ތަކުގައި ތިބެ މަޖާކޮށް ހޮލިޑޭ ހެދުމުގެ ބަދަލުގައި މެޑެއްޔެއް ހޯދަން ދާނަމަ ކާމިޔާބްވާނެ!

    5
    1
  6. ހަސަދު

    ދިވެހިން ދިވެހިންގެ ގޮތުގައި ފޮނިކަންމަތީ އަބަދަށް.

  7. އަބުރު

    ރާއްޖޭގެ ކުޅިވަރަކީ އެކުޅިވަރަށް އާބާދީގެ ގޮތުން މަދުޤައުމުތަކާ އަޅުވާކިޔަސް ކުޅުންތެރިންނަށް ޚަރަދުނުކުރާ ޤައުމެއް! ކުޅިވަރުތަކުން މިއަދާ ހަމަޔަށް ލިބިފައިވާ ކާމިޔާބީއެއްގައި އެއްވެސް ސަރުކާރެއްގެ ރޯލެއްނުވޭ ޔާމީންގެ ސަރުކާރުފިޔަވައި. އެންމެމަޝްހޫރު ފުޓްބޯޅަވެސް ލިބުނުކާމިޔާބީއެއްވެއްޖެއްޔާމު އެއީ އަމިއްލަމީހުންގެ މަސައްކަތް. މުބާރާތެއްފަށަން 2މަހެއްހާދުވަސް ވީމާ ކޯޗަކުހޯދަނީ އޭކިޔާނެ. ކޯޗަކުއައިސްގެން ކުޅުންތެރިން ނޭގެނީސް ފުރަތަމަ މެޗަށް ނިކުންނަނީ. ކުޅުންތެރި ދިރިއުޅުމަށް ކުރާ މަސައްކަތަށް 15000 ރުފިޔާ ސަރުކާރުންނުދެވޭ. އެކަމު ފައިސާވަންނަ ޤައުމެއްމިއީ ބިލިއަންރުފިޔާއިން ބޭކާރު ވައްކަންކުރާކަން އަޑުއިވޭތާ ޒަމާންވެއްޖެ. ސާބަސް. އަޅުވާ ނުކިޔާ