މި މެޗަށް ކުރިމަތިލާއިރު، ގުރޫޕް ބީ އިން މި ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތެއް އެބައޮތެވެ. ޕޯޗުގަލް އަަތުން މޮޅުވެއްޖެ ނަަމަ، އީރާނަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އީރާން މޮޅުވެ، މި ގުރޫޕްގައި މިރޭ ސްޕެއިން އާއި މޮރޮކޯ ބައްދަލުކުރާ މެޗުން ސްޕެއިން މޮޅުނުވެއްޖެ ނަމަ، އީރާނަށް ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕޯޗުގަލް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ފަހު މެޗުތަކަށް ނުކުންނައިރު، ގުރޫޕް ބީގައި ޕޯޗުގަލް އާއިި ސްޕެއިން އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އީރާން ތިން ޕޮއިންޓް ހޯދައިފައިވާއިރު، ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތީ މުބާރާތުން ކަޓާފައިވާ މޮރޮކޯ އެވެ.

މި މުބާރާތަށް އީރާން ކުރިމަތިލިއިރު، އީރާން ދެވަނަ ބުރަށް ވާދަކުރާނެ ކަމަށް މާގިނަ ބަޔަކު ހިއެއް ނުކުރެ އެވެ. އެކަމަކު ގުރޫޕްގެ ފަހު މެޗުތަކަށް ނުކުންނައިރު، އީރާނަށް އަމިއްލަ ބާރާއެކު އެކަން ހާސިލްކުރުމުގެ ފުުރުސަތު އެބައޮތެވެ.

ޕޯޗުގަލް އަކީ މި މެޗުގެ ފޭވަރިޓެވެ. އެކަމަކު އީރާންގެ ކޯޗަކަށް ހުރީ ޕޯޗުގަލް އަށް ނިސްބަތްވާ ކާލޮސް ކުއެރޯޒް އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ދެވަނަ ބުރުން ޖާގަ ހޯދިއިރު، އެ ޓީމަށް އިރުޝާދު ދިނީ ކުއެރޯޒް އެވެ. ކުއެރޯޒް އަކީ ޕޯޗުގަލްގެ ކުޅުންތެރިންނާއި، އެ ޓީމުގެ ކުޅުން ވަރަށް ރަނގަޅަށް ދަންނާނެ ކޯޗެކެވެ. އެހެންކަމުން އީރާންގެ ޓީމު މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ބެލެވެ އެވެ.

މިއީ އީރާނާއި ޕޯޗުގަލް ވޯލްޑް ކަޕްގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ. ޖަރުމަންގައި 2006 ވަަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ޕޯޗުގަލް ވަނީ އީރާން އަތުން 2-0 އިން މޮޅުވެފަ އެވެ.

ޕޯޗުގަލް:

ޕޯޗުގަލް ވަނީ ވޯލްޑް ކަޕްގައި އޭޝިއާގެ ޤައުމުތަކާ ދެކޮޅަށް އެންމެ ފަހުން ކުުޅުނު ހަަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފަ.

މޮރޮކޯ އަތުން 1-0 އިން ޕޯޗުގަލް މޮޅުވި މެޗަކީ ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން، އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ ނިމުނު ފުރަތަމަ މެޗު.

އީރާން:

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އީރާން މިހާތަނަށް ކުޅުނު ފަހު މެޗަކުން އެ ޓީމު މޮޅެއް ނުވޭ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މީގެ ކުރިން ދެ މެޗުން އީރާން މޮޅެއް ނުވޭ.

އެނގޭތަ ؟

މި އަަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިދިކޮޅު ޓީމުތަކުގެ ގޯލަށް އަމާޒުކުރި ހަތަރު ޝޮޓުން، ހަތަރު ގޯލު ކާމިޔާބުކޮށްފަ އެވެ.