މިސްރުގެ ތަރި މުހައްމަދު ސަލާހު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ކާމިޔާބު ކުރި ދެވަނަ ގޯލަށް ފަހު އުފާ ފާޅު ކޮށްފައެއް ނުވެއެވެ.

ގުރޫޕް އޭގެ ފަހު މެޗުގައި ސައުދީ އާއި ބައްދަލު ކުރި މެޗުގައި މިސްރު ޓީމުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. ސައުދީގެ ދެ ޑިފެންޑަރުންގެ ތެރެއިން ޖަހާލި ބޯޅަ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލުމަށް ފަހު ސަލާހު ހުރީ ހަމަޖެހިލައިގެންނެވެ.

މިސްރުގެ ކީޕަރު، 45 އަހަރުގެ އެލް ހަދާރީ އަދި އެހެން ކުޅުންތެރިން ސަލާހުގެ ގޯލަށްފަހު ވަރަށް ބޮޑަށް އުފާ ފާޅު ކުރި ނަމަވެސް ސަލާހު ވަނީ އުފާ ފާޅު ކުރަން ދެކޮޅު ހަދާފައެވެ. ހަމަ އެހެންމެ ހަމަ ޖެހިލައިގެން މެދު ރޮނގާއި ހަމަ އަށް ހިނގާފައި ދިޔައިރު މިސްރުގެ އެހެން ކުޅުންތެރިން ދުވެ ގޮސް ހާފުގެ ތެރެއަށް ދިޔައެވެ.

ރޭގެ މެޗުގައި ސަލާޙު ނުފެންނާނެ ކަމަށް ރިޕޯޓު ތަކުން ބުނެފައި ވީނަމަވެސް ސަލާހު ވަނީ ފުރަތަމަ 11 އިން ފެނިގެން ގޮސްފައެވެ. މިސްރު ޓީމާއި އެކު ސަލާހު ފެންނާނެ ކަމާއި މެދު ޝައްކު އުފެދިފައި ވަނީ އިންޓަނެޓުގައި ސަލާހު އާއި ޗެޗްނިއާގެ ލީޑަރު ރަމްޒަން ކަޑީރޮވް އެކު ނަގާފައިވާ ވީޑިއޯ އެއް އާއްމު ވި ފަހުންނެވެ.

ޗެޗެންޔާގެ ލީޑަރު ވަނީ ސަލާހު، ޗެޗްނިޔާގެ ރައްޔިތެއް ކަމުގައި ހަދާފައެވެ. މިކަން ކަށަވަރު ކޮށް ދީފައި ވަނީ ރަމްޒަން އޭނާގެ ޓްވިޓާގައި ޖަހާފައިވާ ޕޯސްޓެއަކުންނެވެ. ނަމަވެސް މިސްރުގެ ފުޓުބޯޅަ ތަރި މުހައްމަދު ސަލާހު ގައުމީ ފުޓުބޯޅައިން ރިޓަޔާ ވާން އުޅޭ ވާހަކަ އަކީ ދޮގެއް ކަމަށް މިސްރުގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފައެވެ.