ނެދަލެންޑްސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ އާ ކޯޗަކަށް ކުރިންވެސް އެ މަގާމް އަދާކުރި ތަޖުރިބާކާރު ކޯޗު ލުއީ ވެން ހާލް ހަމަޖައްސައިފިއެވެ.

އެ ގައުމުގެ ކޯޗުގެ ގޮތުގައި އެންެ ފަހުން މަސައްކަތްކުރީ ފްރޭންކް ޑި ބޯއާ އެވެ. އޭނާ ވަނީ ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަބުރުން ނެދަލޭންޑްސް ކެޓުުން މަގާމުން އިސްތިއުފާދީފައެވެ.

ނެދަލޭންޑްސްގެ ފުޓުބޯޅައިގެ މައި އިދާރާއިން މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ އިއްޔެގެ ވަގުުތެއްގައެވެ. ހަވާލުވި މުއްދަތެއް ހާމަނުކުރާއިރު ރިޕޯޓުތައް ބުނާގޮތުން އުމުރުން 69 އަހަރުގެ ކޯޗު ނެދަލޭންޑްސް އާއި ހަވާލުވީ ދިގު މުއްދަތަކަށެވެ. ނަމަވެސް އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުން ކަޓައިފިނަމަ އެއްބަސްވުން ނިމުމަކަށް ގެންނަން ދެފަރާތުން ވަނީ އެއްބަސްވެފައެވ.

މިއީ ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމާއި ވެން ހާލް ހަވާލުވި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ މީގެކުރިން 2000 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުވެސް އެ މަގާމު އަދާކޮށްފައެވެ. ކޮންމެ ފަހަރަކުވެސް އޭނާ ވަކިވަކީ އެކި ސަބަބުތަކާއި ގުޅިގެންނެވެ.

ނެދަލޭންޑްސް ގައުމީ ޓީމު 2002 ގެ ވޯލްޑްކަޕަށް ކޮލިފައިނުވުމުން އެފަހަރު އޭނާ ވަކިކުރިއެވެ. މިއީ 1986 ގެ ފަހުން އެ ގައުމުގެ ތާރީހުގައި ވޯލްޑްކަޕަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ. އޭގެފަހުން 2014 ގައި ބޭއްވި ބްރެޒިލް ވޯލްޑްކަޕުން ވެން ހާލް ވަނީ ރަނގަޅު ރެކޯޑެއް ހަދާފައެވެ. އެފަހަރު އޭނާ ވަނީ ނެދަލޭންޑްސް ޓީމު މުބާރާތުގެ ސެމީފައިނަލާއި ހަމައަށް ގެންގޮސްދީފައެވެ.

ކުލަބް ލެވެލްގައި ވެން ހާލް ވަނީ ބޮޑެތި ކުލަބުތަކަށް ކޯޗުކަންކޮށްދީފައެވެ. އެގޮތުން ބަޔާން މިއުނިކް އާއި މެންޗެސްޓަރ ޔުނައިޓެޑް ފާހަގަކޮށްލެވެއެވެ. އެންމެފަހުން އޭނާ ކޯޗުކަންކުރީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. އެއީ 2016 ވަނަ އަހަރުގައެވެ. އޭގެފަހުން އޭނާ އެއްވެސް ކުލަބަކާއި ނުގުޅެއެވެ. އެއީ ހިތްހަމަޖެހޭ އޮފާއެއް ނެތުމުން ކަމަށް ވެންހާލް ބުނެފައިވެއެވެ.