2-1 އިން ނައިޖީރިޔާ ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ކްރޮއޭޝިޔާއެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދާފައެވެ. މުބާރާތުން ކެޓި ނައިޖީރިޔާ އަށް ތިން ޕޮއިންޓާއެކު ލިބުނީ ގްރޫޕްގެ ތިންވަނައެވެ. ގްރޫޕްގެ ފުލަށްދިޔަ އައިސްލޭންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު އެހެން މެޗުތަކާއި ހިލާފަށް މިރޭގެ މެޗުގައި އާޖެންޓީނާ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 14 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ބަނޭގާ ދިން ރީތި ޕާހަކުން މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. މެސީ މި ގޯލު ކާމިޔާބުކުރީ ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ކަނާތް ފައިން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އާޖެންޓީނާ އާއި ނައިޖީރިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ވަނީ ނައިޖީރިއާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ހިގުއައިން ފޮނުވާލި ހަމަލާ ނައިޖީރިއާގެ ކީޕަރު ދިފާއުކުރިއިރު މެސީ ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ނައިޖީރިއާ އަށް އާޖެންޓީނާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ. އެގޮތުން މި ހާފުގައި ނައިޖީރިއާ އަށް އާޖެންޓީނާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާއެކެވެ.

އާޖެންޓީނާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ނައިޖީރިޔާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނައިޖީރިޔާ އަށް މި ޕެނަލްޓީ ލިބުނީ އެޓީމުގެ ކުޅުންތެރިއަކަށް އާޖެންޓީނާގެ މަޝެރާނޯ ކުރި ފައުލަކާއި ގުޅިގެން ކަމަށްވާއިރު މި ޕެނަލްޓީ ކާމިޔާބުކޮށްދީ ނައިޖީރިޔާ އަށް ނަތީޖާ އެއްވަރުކޮށްދިނީ ވިކްޓަ މޯސެސްއެވެ.

ގޯލަށްފަހު ރޮހޯ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

މި ގޯލަށްފަހު ނައިޖީރިޔާ އަށް ވަނީ ލީޑު ނަގަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެންމެ ރީތި ފުރުސަތެއް ލިބުނީ ދެވަނަ ހާފްގައި ކުޅެން އެރި އިގާލޯއަށެވެ. ނަމަވެސް ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި އެ ހަމަލާ އާޖެންޓީނާގެ ކީޕަރު އަރްމާނީ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު 10 މިނެޓްތެރޭ އާޖެންޓީނާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު އެޓީމު މި މެޗުން މޮޅުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޮސް ރޮހޯއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މިއީ އާޖެންޓީނާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޖެހިޖެހިގެން ދަތުރުކުރި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން މޮޅުވެ އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެވަނަ ބުރުގައި އެޓީމު ބައްދަލުކުރާނީ ގްރޫޕް ސީގެ އެއްވަނަ ހޯދި ފްރާންސްއާއެވެ.

އާޖެންޓީނާގެ އިތުރުން މި ގްރޫޕްގައި މިރޭ ކްރޮއޭޝިޔާ އިން ވަނީ އައިސްލޭންޑުގެ މައްޗަށް 1-2 އިން ކުރި ހޯދާފައެވެ. މި މެޗުގައި ކްރޮއޭޝިއާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޕެރިސިޗް އާއި މިލަން ބަޑެލްޖްއެވެ. އައިސްލޭންޑުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސިގާޑްސަންއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ގްރޫޕް ސީގެ ދެވަނަ ހޯދި ޑެންމާކާއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  މެސީ!! ގޯލލލލލލލލލލލލ

 2. ފަހީ

  މެސީހަމަ މޮޅީ އޭނައާ އެކު ކުޅޭ ފެންވަރުގެ ކުޅުން ތެރީން އެޓީމުގަ މަދުވީމަ އޭނަގެފެންވަރު ނުދެއްކެނީ

 3. ޙަބޭސް

  ދެވަނަބުރަށް އާޖެނޓީނާ ގެނދިޔައީ ރެފްރީ ނަހައްގުން ނައިޖީރިއަށް ދޭންވާ ޕެނަލްޓީ ނުދީ

  • Anonymous

   ނައިޖީރިއާ އަށް ދީނީ ހައްގު ޕެނަލްޓީއެއްތޯ! ޖަވާބުދީބަލަ!

  • ޖަމަލޭ

   ރަތްކާރޑު ދައްކަން ޖެހޭ ފައުލެއްގަ ނައިޖީރިޔާ ސޮރަކަށް ރީނދޫ ކާރޑެއް ދެއްކީ ހައްޤުންތޯ ؟( މެޗުގެ ބާކީ ބައިގަ ރެފުރީ ހުރީ އެކަމާ ގިލްޓީ ފީލްވެފަ. ސަބަބަކީ އެކާރޑުގެ ސަބަބުން މެޗުގެ އޮއެވަރު ވަރަށް ބޮޑަށް ބަދަލުވާނެތީ. ނައިޖީރިޔާއަށް ޕެނަލްޓީ ދިން ފައުލުގަ ބުނެލަން އޮތީ މީގެ ކުރިން ކުޅުން މެޗުތަކުގަ 2 މީހުން ވެގެން އެބަހުރި އިދިކޮޅު ކުޅުންތެރިޔާ އޭރިޔާ ތެރޭގަ ބަގުޑި ބައްދާ ކަނޑާ ވައްޓާފަ. ކޮބާ އޭއްޗެހި ؟ ވަކި ނައިޖީރިޔާ އަށް ދޭން ޖެހޭތަ ؟)

   • Anonymous

    100 ގެ ވާހަކައެއް

  • Anonymous

   ކޮބާ ހޭ ޑިމަރިއާ ކަނޑައިވައްޓާލުމުން ދައްކަންޖެހޭ ރަތްކާޑު.!!

 4. ރަށްދު

  14 ކުޅުންތެރިންނާއެކު އާޖެންޓީނާ މޮޅުވެއްޖެ ޕެނަލްޓީ ނައިޖީރިއާ އަށް ނުދީ ލަދުގަންނަންޖެހެ އާޖެންޓީނާ ސަޕޯޓަރުން

 5. އާނު

  ނައިޖީރިޔާ މީހުން ގޯލުޖަހަން އުޅެނީ ހަމަ އެކަނި ޕެނެލްޓީ އަކުންތަ؟

 6. ސަކީބު

  ރެފްރީ ނައިޖީރިއާ ބަލިކުރުމަށް ފަހު އާޖެންޓީ ނާ ދެވަނަ ބުރައް ގެނގޮސްދީފި ހެޑިންގަ އިންނަްވާނީ

  • ޙާއު

   އަސްލު ރަންގަޅަށް ރެފްރީ މެޗް ގެންދިޔަނަމަ މިއަށްވުރެ ނަތީޖާ ތަފާތުވީސް... ތިބާ މެޗު ބަލަނީ އެއްއަތަށް ޖެހިގެން ހެން ހީވޭ.. ޤަވާއިދު އެނގިގެން މެޗު ބަލާފަކަ ތިހެނެއް ނުބުނާނެ ވަކި އަތަކަށް ނުޖެހި ހުރި މީހަކު

 7. ނާއިންޞާފް

  ރެފްރީ އާޖެންޓީނާ މޮޅުކޮށްދިނީ.

  • ވަާނުވާ

   ފުޓުބޯޅައެގިގެން ވާހަކަ ދައްކަބަލަ. އެއީ ވަށް އެއްޗެއް
   މެސީ ވަރެއް ނެތް. ޓީމް ދަށީ

 8. argentina

  ދެން ކޮންމެ ގޮތެއްވިޔަސް އާޖެންޓީނާ މިއޮތީ ދެވަނަ ބުރަށް ގޮސް.....އާޖެންޓީނާ ދެކެ ފޫހިވާމީހުން ދެން ފާޑު ފާޑު ޝަކުވާ ކުރާނެ ކަމެއްް ނެތް......