މީގެ ކުރިން ލިއޮނެލް މެސީ އަކީ އެއްވެސް ވަރަކަށް ދަނޑު މަތީގައި އާއި ދަނޑުން ބޭރުގައި ވެސް ލީޑަރެއްގެ ރޯލު އަދާ ކުރަމުން ނުދާ ކުޅުންތެރިއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ކިޔާފައެވެ.

ނަމަވެސް މިކަމާއި މެދު ޝައްކު ކުރާ ހުރިހާ އެންމެނަށް ވެސް ރޭ އާޖެންޓީނާ އަދި ނައިޖީރިއާ ބައްދަލު ކުރި މެޗުގެ ހާފް ބްރޭކުގައި ފެނުނީ ތަފާތު މަންޒަރެކެވެ.

މެޗުގެ ފުރަތަމަ ކޮޅު އާޖެންޓީނާ އިން ނައިޖީރިއާގެ ގޯލަށް ހަމަލާ ތަކެއް ފޮނުވަމުން އައިސް 14 ވަނަ މިނެޓު އާޖެންޓީނާ އަށް ކުރި ހޯދައިދިނީ ލިއޮނެލް މެސީއެވެ. އެއަށްފަހު ނައިޖީރިއާ އިން އާޖެންޓީނާގެ ގޯލަށް ފޮނުވަމުން ދިޔަ ހަމަލާތައް ވަރުގަދަ ވާން ފެށިއެވެ.

ނަމަވެސް ހާފް ބްރޭކް އަށް ރެފްރީގެ ކަށިގަނޑު ފުމާލި އިރު އާޖެންޓީނާ ވަނީ ހަމަ އަކަށް އެޅި، މެޗުގެ ތެރެއަށް ވަދެވިފައެވެ. ބްރޭކު ނިމުމަށްފަހު ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް އެރުމަށް ތައްޔާރު ވެގެން ދަނިކޮށް މެސީ ވަނީ އޭނާގެ ޓީމު ކުޅުންތެރިން ކައިރި އަށް ގެނެސް މޮޅުވާން މަސައްކަތް ކުރަން އެދި ވާހަކަ ދައްކާފައެވެ.

މީގެ ކުރިން ގިނަ މީހުން ބުނަމުން އައި ގޮތުން މިފަދަ މެޗު ތަކުގައި މެސީ ހުންނަނީ އަނގައިން ނުބުނެ މަޑު މަޑުން ކަމަށެވެ. ނަމަވެސް މިއީ ދޮގެއްކަން މެސީ މިވަނީ ސާބިތު ކޮށްދީފައެވެ. މެސީ އާއި ބެހޭގޮތުން ބީބީސީގެ ޕުންޑިޓް ރިއޯ ފާޑިނޭންޑު ބުނެފައިވަނީ ދެވަނަ ހާފުގައި މެސީ ދަނޑަށް އެރުމަށް ފަހު އޭނާގެ ކުޅުމާއި ހަރަކާތް ތައް ވެސް ތަާފާތު ވެފައި ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަސްލު

    މެސީ ވަރެއް ހަމަ ނެތް މެސީ އޭ ކިޔައިގެން ވާހަކަ ފެތުރެނީ މެސީ ގެ ޕެނަލްޓީ ކާމިޔާބު ނުވީމަ. ވަކި ރޮނާލްޑޯ ވެސް ހަމަ އެވަރު. ތަފާތެއް ނެތް.

  2. ރަށްދު

    ރެފުރީ ވިކިފަ ހުރިކަން މެސީއަށް ބުނެދިނީ އާޖެންޓީނާގެ ކޯޗް ދެންމެސީ އަނގަފަޅާނެއްނު ނައިޖީރިއާ އަށް ލިބެންޖެހޭ ޕެނަލްޓީއެއް ނުހައްގުން ފޭރިގަތީ ރެފުރީ

    • މެސީ

      ފުޓްބޯޅައިގެ ގަވައިދު ނޭގި ވާހަކަ ނުދައްކާ.... ރޯހޯ ބޮލުގަ ބޯޅަ ޖެހިފަ އަތުގަ ޖެހުނީ... އެ ނުވާނެ ހޭންޑު ބޯޅަ އަކަށް... ހަޖަމް....

  3. ޝަމީމް

    ކިތަންމެވަރަކަށް ކެކުނަސް އެއޮތީ މޮޅުވެފައި، އަދި ވެސް މެސީވަރެއް ނެތް،

  4. ާައަނހާ

    ތިޔަހެން ކިޔަންޔާ އާޖެންޓީނާއަށްވެސް ލިބެން ޖެހޭ ޕެނަލްޓީއެއް ރެފްރީ ނުދިން.. މެސީ އިޒް ދަ ބެސްޓް ހަމަ❤

  5. މެސީ

    މެސީއާ ދިމާލަށް އެއްޗެހި ކީ މެސީއަށް އެންމެ ޕެނަލްޓީއެއް ކާމިޔާބު ނުކުރެވުނީމަ...ޕުއް....އެދެން އެހާވަރު ކަމެެއްތަ؟؟؟؟އަސްލު މެސީ އަކީ ވަރަށް މޮޅު ލީޑަރެއް ...އެކަން މެސީ ނުދެއްކިއަސް.....މެސީ ވަރެއް ނެތްހަމަ...މެސީ ހަމަ ހަބޭސް???

  6. ހަމަ މެސީ

    މެސީ ވަރެއް ހަމަ ނެތޭ.. ކޮންމެހެން ނުޖެހޭ މީހުންގެ ކުރިމަތީގައި ލީޑާއެކޭ ކިޔާފަ ވެގަނެގެން އުޅޭކަ....