މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ފަހު މެޗުގައި ކޮސްޓަ ރީކާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ސްވިޓްޒަލޭންޑަށް ބޭނުންވަނީ އެއް ޕޮއިންޓެވެ.

މެޗަށް ނުކުންނައިރު ބްރެޒިލް އާއި ސްވިޓްޒަލޭންޑް އޮޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ސާބިއާ އޮތީ ތިން ޕޮއިންޓާއެކު އެވެ. ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތް ކޮސްޓަ ރީކާ ވަނީ މުބާރާތުން ކަަޓައިފަ އެވެ.

މެޗުން ޕޮއިންޓާއެކު ސްވިޓްޒަލޭންޑަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭއިރު، މެޗުން މޮޅުވެއްޖެ ނަމަ ގުރޫޕްގެ އެއްވަނަ ވެސް އެ ޓީމަށް ލިބިދާނެ އެވެ.

މެޗަށް ނުކުންނައިރު، ކޮސްޓަ ރީކާ އަށް ހާސިލްކުރެވެން އޮތް ކަމަކީ ސުން ކަނޑުވާލުމެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި "ސަޕްރައިޒް" ޓީމަކަށްވި ނަމަވެސް، މި ފަހަރު ކޮސްޓަ ރީކާ އަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ.

ސާބިއާ އަތުން ސްވިޓްޒަލޭންޑް މޮޅުވި މެޗުގައި ސިޔާސީ އިޝާރާތެއް ކުރުމާ ގުޅިގެން ފީފާ އިން ސްވިޓްޒަލޭންޑްގެ ގްރަނިޓް ޝާކާ، ޒެރްދާން ޝަކީރީ އަދި ސްޓެފާން ލިޗްސްޓައިނާގެ މައްސަލަ ބެލި ނަމަވެސް، ޖޫރިމަނާއަކާއެކު އެ ކުޅުންތެރިން ވަނީ ސަލާމަތްވެފަ އެވެ.

ސްވިޓްޒަލޭންޑް

ވޯލްޑް ކަޕްގައި އުތުރު އެމެރިކާ އަށް ނިސްބަތްވާ ޤައުމެއް އަތުން ސްވިިޓްޒަލޭންޑް އަތުން އަދި ބައްޔެއް ނުވޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 3 މެޗުގައި ވެސް ސްވިޓްޒަލޭންޑް ކޮޅަށް ވަނީ ލަނޑު ވަދެފަ. މީގެ ކުރިން ކުޅުނު 10 މެޗުގައި އެ ޓީމު ކޮޅަށް ވަނީ އެންމެ ތިން ލަނޑު.

ކޮސްޓަ ރީކާ:

ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމުަތަކާ ދެކޮޅަށް އެންމެ ފަހުން ކޮސްޓަ ރީކާ ކުޅުނު މެޗުތަކުން މޮޅެއް ނުވޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ކޮސްޓަ ރީކާ އަށް މޮޅެއް ނުލިބޭ.

އެނގޭތަ؟

މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ސްވިޓްޒަލޭންޑާއި ކޮސްޓަ ރީކާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.