ފަހަތުން އަރާ ކާމިިޔާބުކުރި ލަނޑުތަކާއި އެކު އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އިންޑިއާގެ ގަދަބާރު އޭޓީކޭ މޯހަން ބަގާން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މާޒިޔާ ވަނީ މުބާރާތުގެ ގްރޫޕްސްޓޭޖުގައި ކުޅުނު ދެ މެޗުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔާފައެވެ.
މާޒިޔާ ވަނީ ގްރޫޕުގެ ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުން ލިބުނު ބައްޔާއެކު މާޒިޔާ އޮތީ ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ބެންގަލޫރު ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ބަޝުންދުރަ އާއި ވާދަކޮށް ޕޮއިންޓެއް ހޯދާފައެވެ.
މި ގްރޫޕުން ދެން އޮތް ބުރަށް ދަތުރުކުރާނީ އެއް ޓީމެވެ. އެއީ ކޮން ޓީމެއްކަން ކަށަވަރުވާނީ އަންނަ އަންގާރަދުވަހު ކުޅޭ ގްރޫޕުގެ ފަހު މެޗުތަކުންނެވެ. އެ ދުވަހު ހަވީރު ކުޅޭނީ ބަޝުންދުރަ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން އެވެ. މިއީ އެއްވަނަ އަދި ދެވަނައިގައި އޮތް ޓީމެވެ. ދެން އޮތް ދެ ޓީމު ކަމަށްވާ ބެންގަލޫރު އެފްސީ އާއި މާޒިޔާ ވަނީ ކަޓާފައެވެ.
މެޗު ރަނގަޅަށް ފެށީ މާޒިޔާއިންނެވެ. ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗުގައިވެސް މާޒިޔާއިން ކުޅުނީ ކުރިޔަށްޖެހި އެވެ. ނަތީޖާއެއްގެ ގޮތުން މޯހަން ބަގާން އަށް އުނދަގޫތަކެއް ވިއެވެ. އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާާފައިވަނީ މާޒިޔާައެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިބްރާހީމް އައިސަމް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސްޓެވާޓް އޭރިއާ ތެރެއަށް ތިރިތިރިން ނަގައިދިން ރީތި ބޯޅައަކުންނެވެ.
މާޒިޔާގެ ހަޔާތުގައި މިއީ އޭއެފްްސީ ކަޕުގައި ވާދަކުރި ހަވަނަ ފަހަރެވެ. މިހާތަނަށް އެ ޓީމަށް ގްރޫޕްސްޓޭޖު ފަހަނައަޅާ ނުދެވެއެވެ. ނަމަވެސް ސަރަހައްދީ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ.
ޢަލް ހަމްދު ލިއްލާހި.
ވ.އުފާވެރިހަބަރެއް
ކޮބާ އާވާހަކައެއް ؟