ދުނިޔޭގެ ބައެއް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަކީ ދެ ގައުމަށް ކުޅެދީފައިވާ ކުޅުންތެރިންނެވެ. އެގޮތުން އެއްގައުމާއި އެކު މެޗުތަށް ކުޅެދިނުމަށް ފަހު އެ ގައުމު ދޫކޮށް އަނެއް ގައުމާއި ގުޅޭ ކުޅުންތެރިން އެބައުޅެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަޝްހޫރު ކުޅުންތެރިން ތިރީގައި އެވަނީއެވެ.

ޑިއޭގޯ ކޮސްޓާ

އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަކީ މީގެ ކުރިން ފުޓްބޯޅައިގައި ރަސްކަން ކުރަމުން އައި ބްރެޒިލްއަށްެވެސް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. ބްރެޒިލް އާއި އެކު ދެ މެޗު ކުޅުމަށް ފަހު 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި ދިމާކޮށް ކޮސްޓާ ނިންމީ ސްޕެއިންއަށް ބަދަލުވުމަށެވެ. އެގޮތުން ކޮސްޓާ ވަނީ ވޯލްޑްކަޕްގައި ސްޕެއިންއަށް ކުޅެފައެެވެ. ކޮސްޓާ ސްޕެއިންއަށް ބަދަލުވި މައިގަނޑު ސަބަބެއް ކަމުގައި ގިނަބަޔަކު ގަބޫލު ކުރަނީ ސްޕެއިނުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލުމުންނެވެ.

ތިއާގޯ މޮރާޓާ

ތިއާގޯ މޮރާޓާއަކީވެސް ދެގައުމަށް ކުޅުމުގެ ގާބިލްކަން ލިބިފައިވާ ކުޅުންތެރިއެވެެ. އެގޮތުން މޮރާޓާ ފުރަތަމަ ކުޅުނީ އޭނާގެ އުފަން ގައުމު ބްރެޒިލްއަށެވެ. ބްރެޒިލް އާއި އެކު ދެ މެޗު ކުޅުމަށް ފަހު އޭނާ ވަނީ އިޓަލީއަށް ބަދަލުވެފައެވެ.

ޖުއާން އިތުރުބް

ޖުއާން އަކީ މީގެ ކުރިން އާޖެންޓީނާގެ ފުރަތަމަ 11 އިން ޖާގަހޯދަމުން އައި މޮޅު ކުޅުންތެރިއެވެ. ނަމަވެސް އާޖެންޓީނާއާއި އެކު 11 މެޗު ކުޅުމަށް ފަހު ޖުއާން ވަނީ އޭނާގެ އުފަން ގައުމު ޕެރެޖުއޭއަށް ދާއިމީ ގޮތަކަށް ބަދަލުވެފައެވެ.

ޖާމައިން ޖޯންސް

ޖާމައިން ޖޯން އަކީ މީގެ ކުރިން ޖަރުމަންގެ ގައުމީ ޓީމުގައި ކުޅެދީފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް ޖޯންސް ވަނީ އޭނާގެ މައިންބަފައިންގެ ގައުމު ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ބަދަލުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސައިން އަލީ ޝާހީން

    ކޮބާ ޒާހާ؟ ކޮބާ އިވޯބީ؟ ކޮބާ ވިކްޓަރ މޯސެސް؟

  2. ހަސަންދި

    އިގިރޭސި ވިލާތުގެ ކުލަބަކަށް ޑިއެގޯ ކޮސްޓާ ކުޅުނީ ކޮން ޒަމާނެއްގައި؟؟؟ މައުލޫމާތު ހޯދައިގެން ލިޔާނަމަދޯ...؟؟؟