ޖަރުމަނު މުބާރާތުން ސަލާމަތް ކުރުމަށް ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ހުމެލްސް އަށް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހުމެލްސް އަށް ނުހިފުނެވެ.
ގޯލުގެ 6 ޔާޑު ބޭރުން މެޗުގެ ފުރިހަމަ ވަގުތު ކައިރި ވެފައި ވަނިކޮށް ޖަރުމަނު ކުޅުންތެރިޔަކު އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ ހުމެލްސް އަށް ބޮލުން ޖަހަން ހުސްކޮށް ލިބުނު ނަމަވެސް އޭނާގެ ކޮނޑުގައި ޖެހި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
WHAT A MISS FOR GERMANY! ?
Mats Hummels' free header ends up striking his shoulder ... and South Korea counters with a goal confirmed by VAR! pic.twitter.com/dhAmbyoZvG
— FOX Sports (@FOXSports) June 27, 2018
ޖޯޗިމް ލޯވް ގެ ޓީމު ހިތްދަތިކޮށް ބަލިވި އިރު ދެކުނު ކޮރެއާ އިން ޖެހި 2 ލަނޑުވެސް ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ރެފްރީ އިތުރު ވަގުތު ދެއްކި ފަހުންނެވެ. ކިމް ޔަނގް ގްވޮން ޖެހި ފުރަތަމަ ލަނޑު އޮފްސައިޑް ކަމަށް ނިންމައި ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުން ކޮށް އެއީ ރަނގަޅު ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ. ދެވަނަ ލަނޑު ޖަހާފައި ވަނީ ސަން ހުއެން މިންގެވެ.
މިމުބާރާތުގެ ކުރިން 1938 ގެ ފަހުން ޖަރުމަނު ވޯލްޑް ކަޕު ގުރޫޕް ސްޓެޖުން ކަޓާފައެއް ނުވެއެވެ. މިހެން ކަމުން ޖަރުމަނު ކަޓައިގެން ދިޔުމަކީ ގިނަ ބަޔަކަށް ލިބުނު ޝޮކެކެވެ. މިހެން ކަމުން ޖަރުމަނު ބަލިވުމަށް ފަހު ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފައި ވަނީ ފަހު ވަގުތު ޖަރުމަނަށް ކުރި ހޯދައިދޭން ފުރުސަތު ލިބުނު މެޓްސް ހުމެލްސް އެވެ.
? sorry ...
— Mats Hummels (@matshummels) June 27, 2018
2 މިލިއަން މީހުން މެޓްސް ހުމެލްސް ފޮލޯ ކުރާއިރު މެޗުން ބަލިވުމަށް ފަހު ޖަރުމަނު ސަޕޯޓަރުންނަށް ހުމެލްސް ބުނެފައި ވަނީ އެންމެ ބަހެކެވެ. އޭނާ ޓްވިޓާގައި ޖެހި މި ޕޯސްޓުގައި ބުނެފައި ވަނީ "މާފްކުރޭ" އެކަނިއެވެ.