އާޖެންޓީނާ އާއި ނައިޖީރިއާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗަށް އާޖެންޓީނާގެ ތަރި މެސީ ނުކުތީ "ގުޑް ލަކް ޗާމް" އެއް ނުވަތަ ނަސީބު ރަނގަޅު ކުރަން ކަމަށް ބުނެ އަޅާ "ތަވީދެއް" އަޅައިގެން ކަން ހާމަވެއްޖެއެވެ.
މީޑިއާ ރިޕޯޓުައް ބުނާ ގޮތުން އެ "ތަވީދު" މެސީއަށް ދީފައި ވަނީ އާޖެންޓީނާގެ ރިޕޯޓަރެކެވެ. އާޖެންޓީނާ އާއި ނައިޖީރިއާ ކުޅުނު މެޗުން ފަހު ވަގުތު އާޖެންޓީނާ މޮޅުވިއިރު، މެޗަށް ފަހު ނޫސްވެރިން އެއްވެ އުޅުނު ސަރަހައްދުގައި އެ ރިޕޯޓަރު ވަނީ މެސީ އެ ތަވީދު ބޭނުންކުރިތޯ އޭނާ އާއި ސުވާލުކޮށްފައެވެ.
އެންމެން ހައިރާން ކުރުވީ އުމުރުން 31 އަހަރުގެ މެސީ އޭނާގެ ބޫޓުގެ ތެރޭގައި އަޅުވާފައި އޮތް ތަވީދު ނޫސްވެރިންނަށް ދައްކާލުމުންނެވެ. ހައިރާން ވެފައި ހުރި ރިޕޯޓަރު މެސީ އަށް ޝުކުރު އަދާ ކުރިއިރު އެއަށް ފަހު މެސީ އެސަރަހައްދުން ދިޔައެވެ.
އާޖެންޓީނާ އާއި ނައިޖީރިއާ ކުޅުނު މެޗުން އާޖެންޓީނާ އެއްވަރުވި ނަމަވެސް އެ ގައުމު ވޯލްޑް ކަޕުުގެ ގްރޫޕް ސްޓޭޖުން ކަޓައިގެންދާނެއެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު އާޖެންޓީނާއިން ވަނީ ގޯލެއް ޖަހައި މެޗުން މޮޅުވެފައެވެ. މެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުންނެވެ.
އާޖެންޓީނާއިން މެޗު ކާމިޔާބު ކުރި އިރު އެ މެޗުގައި މެސީ ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. އޭނާ މިފަހަރުގެ މުބާރާތުގައި ޖެހި ފުރަތަމަ ގޯލު ވެގެން ދިޔައީ ހިތްގައިމު ގޯލަކަށެވެ. މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ މާކޮސް ރޯހޯއެވެ.
ހަގީގަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުން އެދެން. އެއީ މެސީ އަށް ރިޕޯޓަރެއްގެ މަންމަ ދިން އެއްޗެއް. އެފެންވަރުގެ މީހަކު އޭތި އެއްލާނުލާ ބޭނުންކުރީމަ ކުރަންވީ ތައުރީފް. ނަސީބު ރަނގަޅުކުރަން ބޭނުންނަމަ އެމީހުންނަށް އެނޫންކަންކަން ކުރެވޭނެ. ކަލޭމެން ބޮޑުވާނީ ކޮންއިރަކުން؟
އިސްލާމް ދީނާއި ޚިލާފު ކަންކަން ކުރީމާ އެކަމާ ތައުރީފް ކުރާކަށް ނުޖެހޭ. އެއީ މުސްލިމުންގެ ގޮތެއް ނޫން. މިފަދަ ހަބަރުތައް ލިޔުނުގެ ބޭނުމަކީ ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށިކުރުން.
ކަލޭތީ ހަމަ ގަމާރެއް.. ހަގީގަތައް އެއޮތީ ލިޔެފަ.. ކޮންމެ މީހެއް ދިނަސް ތަވީދު ވާނީ ތަވީދަށް..
ދިވެހިން އުޅޭގޮތަށް މެސީވެސް އުޅެންފެށީދޯ.
މެސީ އަކީ ދިވެއްސެކޭ ނޭގޭތަ އެކަމެއް
ހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަ!!! ހިނިގަނޑު މަތަނުވޭ! ތަވީދޯ!! އެއީ އެ ރިޕޯޓަރ ގެ މަންމަ މެސީ އަށް ދޭށޭ ކިޔާފަ ދިން ހަދިޔާއެއް މާތްކަލާކޯ!!!!!
ޙަދިޔާލާތަބޫޓުތެރެއަށް
ދިފާއުގަ ކޮންމެ މޮޔައެއްވެސް ގޮވާތި.. ބޯހަލާކު މެސީފޭންސް އާހެދި
މި ލިޔުން ލިޔުނު މީހަކީ ޔަޤީނުންވެސް މެސީގެ ހޭޓަރެއް. ހަސަދަވެރިވިޔަސް ތީދެން ބޮޑުވަރު. ބަލަ އެއީ އައިސްލޭންޑް މެޗަށްފަހު މެސީއަށް އެރިޕޯރޓަރުގެ މަންމަ ދޭން ހަދިޔާއެކޭ. މެސީ އޭނާގެ މަންމައަށްކުރާ އިޙްތިރާމެއްގެ ސަބަބުން އެޗާމް ބޭނުންކުރީ. އަދިވެސް ތަނަކުން އެއްޗެއް ފެންނައިރަށް ލިޔެވޭތޯ ބަލާތި. މީގެއިންވެސް އިނގެނީ މެސީގެ އިޙްތިރާމްކުރުމާއި އަޚްލާޤް ރަނގަޅުކަން.
ބޫގަލް ހަދާފަ އޮތް ހަދިޔާ އެއް ދޯ!
ރިޕޯޓަރު މަންމަ މެސީގެ ލޯބި ޖެހޭތޯހެދި ބޫގަލް ހަދިޔާއެއްތޯއެއްޗެއް ލޮލް
މި ސޮރުވެސް މި ހުންނަނީ އަސޭލާގެ ޖާދުލުގައި ޖެހިފައިދޯ!
ކިހާ ބޮޑު ބަޖިޔާއެއް . މެސީ އާ ނުބެހެއްޗޭ
ވަގުތު މީހުން ވެސް ދޯ......