އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕުގައި ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފަހު މެޗުންވެސް ބަލިވެ މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ބެންގަލޫރު މޮޅުވެފައިވަނީ 6-2 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ބެންގަލޫރު ތިން ލަނޑުގެ ލީޑަކާއެކު އެވެ.

އޭއެފްސީ ކަޕް މާޒިޔާ ނިންމާލީ ކުޅުނު ތިން މެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައި އޮވެގެންނެވެ. މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

ބެންގަލޫރު އާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ލީޑު ނެގިއެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ބެންގަލޫޫރު އަށް ލީޑު ނެގި ލަނޑު ޖަހާދިނީ އުދަންތާ ސިންގްއެވެ. މިއީ މާޒިޔާގެ ޑިފެންސްލައިން ފޫއަޅުވާލާ ގޯލުއި ސަރްތާކް ނަގައިދިން ހުރަހަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި މާޒިޔާއިން ހަމަލާއެއް އުފައްދަން މަސައްކަތްކުރި ނަމަވެސް މާގިނައިރަކު މާޒިޔާގެ ކުޅުންތެރިންނަށް ބޯޅަ ހިފެހެއްޓޭ ގޮތެއް ނުވިއެވެ.

މެޗުގައި ބެންގަލޫރުގެ ދެވަނަ ލަނޑު ޖެހީ 20 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ބައުސްވެގެން ކީޕަރު ބޯމަތިން ގޮސް ގޯލަށް ވަން ބޯޅައެކެވެ. މި ބޯޅަ ގޯލަށް ވަނީ ކީޕަރު ހުސެއިން ޝަރީފް އެ ބޯޅަ ހިފަން އުޅެނުކޮށް ފަހަތުން އަރާ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކްލެއިޓަން އޮގަސްޓޯގެ މަސައްކަތުންނެވެ.

ބެންގަލޫރުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޯން އޮގަސްޓައިންއެވެ.މާޒިޔާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ސިވާ ސަކްތި ނާރާޔަން ވަނީ ބެންގަލޫރުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑު ވަނީ ފެނިފައެވެ. މި ލަނޑު ޖެހީ އަސަދުﷲ އަބްދުﷲ އެވެ. ނަމަވެް އޭގެމިނެޓެއްފަހުން ބިދަޔަޝާގަރް ވަނީ ބެންގަލޫރުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. އެ ޓީމުގެ ހަވަނަ ލަނޑުވެސް ޖަހައިދިނީ އޭނާއެވެ.

މި ގްރޫޕުން އެއްވަނަ މަގާމު ހޯދީ އޭޓީކޭ މޯހަން ބަގާން އެވެ. އެއާއެކު އެ ޓީމު ދެން ވާދަކުރާނީ އިންޓަ ޒޯން ކޮލިފައިންގެ ސެމީފައިނަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުސްމާނުބެ

    ދެމެހެއްޓެނިވި ގޮތަކައް ރާއްޖޭގައި ފުޓުބޯޅަ ކުރި އެރުވެން ނެއްނަމަ ، މިހާރު މިކަން ހުއްޓާލަން ވެއްޖެ ކަންނޭގެ... ދެން ކޮންމެ މުބާރާތެއް ކާރިވާ އިރައް ގޮސް ބޭރުގައުމެއްގައި ޓުރޭއިންވޭޕް ޖައްސާފައި އަޔަސް ވާކައެއް ނޯވެ... ބޭކާރު ހަރަދެއް ދިއުންނޫނީ...
    މަގޭ ހިޔާލު ............