ޔުވެންޓަސް ދޫކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކުރަން ނިންމުމާ ގުޅިގެން އެ ކުލަބުގެ ހިއްސާގެ ފައިދާ އަށް އިންސައްތަ އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮނާލްޑޯ އެނބުރި އޭނާގެ ކުރީގެ ކުލަބް މެންޗެެސްޓަރ ޔުނައިޓެޑަށް ބަދަލުވިކަން ހާމަކުރުމާއެކު އެ ކުލަބަށް ދަނީ އެކި ގޮތްގޮތުން ބޮޑެތި ފައިދާތަކެއް ވަމުންނެވެ.

ޔުނައިޓެޑުގެ ހިއްސާތައް މައިގަނޑު ގޮތެއްގައި ވިއްކާ އެމެރިކާގައި ހިއްސާދާރުންގެ އަދަދުތައް އިތުރުވަމުންދާ ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި އަދަދު އިތުރުވަމުންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކުލަބުގެ ފައިދާ 8 އިންސައްތަ އުފުލުނުއިރު އެއީ 250 މިލިއަން ޑޮލަރެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ތިބި ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔާ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވާން ނިންމިކަން ހާމަކުރުމާއެކު މީސްމީޑިއާގައި ޔުނައިޓެޑަށް ބޮޑެތި ފައިދާތަކެއް ދަނީ ވަމުންނެވެ. ރޮނާލްޑޯ އަންނަކަން ހާމަކުރުމުގެ ކުރިން ޔުނައިޓެޑުގެ އިންސްޓަގްރާމް ފޮލޯކުރާ މީހުންގެ އަދަދަކީ 43.1 އެވެ. މިހާރު އެ އަދަދު ވަނީ 44.3 އަށް އިތުރުވެފައެވެ.

ރޮނާލްޑޯގެ އިންސްޓަގްރާމްގައި 334 މިލިއަން މީހުން ތިބެއެވެ. އަދި ޓްވިޓާގައި 93.7 މިލިއަން މީހުން ރޮނާލްޑޯ ފޮލޯކުރެއެވެ. ކުރިޔަށްއޮތް ތަނުގައި މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑުގައި ރޮނާލްޑޯ 2003 އިން 2009 އަށް ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު، ތިން އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް އަދި ލީގު ކަޕް ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި 292 ގޯލު ޖަހާފައެވެ.