ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ޖޫނިއާ ރެއާލް އަށް ގެނެވުމަށް ބޭނުންވާ ކަމުގައި އެކުލަބުގެ އަދި ސްޕެއިންގެ ޑިފެންޑަރ ޑެނީ ކަވަޖަލް ބުނެފިއެވެ.
ނޭމާ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ މި ދަނޑިވަޅުގައި ކަވަޖަލް ބުނީ މެޑްރިޑުން އަބަދުވެސް ބޭނުންވާނީ އެންމެ މޮޅު ކުޅުންތެރިންކަމަށާއި ނޭމާ ރެއާލް މެޑްރިޑްއަށް ގެންނަން ރެއާލްގެ ރައީސް ޕެރޭޒް ބޭނުންނަމަ ނޭމާއަށް ރެއާލްއިން ލޮކަރެއް ހުސްކުރާނެ ކަމަށެވެ.
ބްރެޒިލްއާއި އެކު ވޯލްޑްކަޕް ކުޅެމުން އަންނަ ނޭމާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ސްޕެއިންގެ އެންމެ ވަރުގަދަ އެއް ކުލަބު ބާސެލޯނާ ދޫކޮށް ޕީއެސްޖީއާއި ނޭމާ ގުޅުނު ފަހުން ނޭމާ ހޯދުމަށް މަޝްހޫރު ކުލަބުތަކުން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ފަދަ ކުލަބުތަށް ހިމެނެއެވެ.
ނޭމާ ރެއާލް މެޑްރިޑަށް ގެނެވުމަށް ނޭމާގެ ބައްޕައާއި އެކު ރެއާލްގެ ރައީސް ޕެރޭޒް މީގެ ކުރިން ވަނީ މަޝްވަރާތަކެއްވެސް ކޮށްފައެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
އަދި މީގެ ކުރިން ރެއާލްގެ ރައީސް ޕެރޭޒްވަނީ ނޭމާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ނޭމާއަށް ރެއާލް އާއި އެކު ފީފާއިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑީއޯ އެވޯޑް ހޯދޭނެ ކަމަށްވެސް ޕެރޭޒް ބުނެފައިވެއެވެ.
އުމުރުން 26 އަހަރުގެ ނޭމާއަކީ ހުނަރުގެ ގޮތުން މޮޅު އަދި ތަފާތު ކުޅުންތެރިއެކެވެ.
ކަވަހާލް ބުނީ ނޭމާއަށް ރެއާލުން ހުސްކުރީ ލޮކަރެކޯ! ދެން ނޭމާ ރެއާލަށް ދިޔާމައި ލޮކަރަށް ލައި ތަޅުލައި ރައްކާކޮށްފައި ބާއްވާނެދޯ!
ޙަހަހާ.... ކާޖަލް އޭތަ' ތިކިޔަނީ...