ޖުމްލަ 12 އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޓީމު މޮޅުކޮށްދީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފެންވަރު ދައްކާލަައިފިއެވެ.
ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ރޮނާާލްޑޯ ކުޅޭނެކަމަށް ބެލެވުނު ނަމަވެސް އޭނާ މެޗު ފެށީ ފުރަތަމަ އެގާރައިގައި ހިމެނިގެންނެވެ.
މި މެޗުގައި ރޮނާލްޑޯއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އަދި އޭނާ ދަނޑުމަތީގައި ފެނުނީ އަޒުމް ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ސަޕޯޓަރުން ވަނީ ރޮނާލްޑޯއަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި މުޅި ދަނޑު ގުގުމާލާފައެވެ. ޓީމެއްގެ ސިފައިގައި ރޮނާލްޑޯ ފެނުނީ އޭނާގެ ތަޖުރިބާއެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީވެސް ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. ކީޕަރު ކައިރިން ލިބުނު ބޯޅައެއް ހޯދާ ރޮނާލްޑޯ މި ގޯލު ކާމިިޔާބުކުރީ ފަސޭހަކަމާއެކު އެވެ. ފުރަތަމަ ހާފު ނިމުނީ ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑު ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ނިއުކާސަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެކްސިމިންގެ އެހީތެރިކަމާއެކު މެޗުގެ 56 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ހަވިއަރ މަންކިލޯ އެވެ. ނަމަވެސް ނިއުކާސަލް އަށް މާ ގިނައިރަކު މި ނަތީޖާގައި އޮވެވޭގޮތެއް ނުވިއެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގަައިދީފައެވެ. މިއީ ކީޕަރު ކައިރިން ކަޓުވާލުމަށްފަހު ރޮނާލްޑޯ ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.
ޔުނައިޓެޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ކަނާތު ފައިން ފޮނުވާލި ހަމަލާއަކުންނެވެ. ނިއުކާސަލް ކީޕަރަށް މި ބޯޅަ ހޯދުމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ދެވަނަ ހާފު ނިމިގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑް އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ. އަންނަ ހަފުތާގައި ފަށާ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުގެ ފުރަތަމަ މެޗުގައި ވެސް ރޮނާލްޑޯ ފެނިގެންދާާނެ ކަމުގެ ޔަގީންކަން އެޓީމުގެ ކޯޗު ވަނީ މީގެކުރިން ދީފައެވެ.
ރޮނާ މީ ހަމަ ދުނިޔޭގެ އެއްވަނަ ފުޓުބޯޅަކުޅުންތެރިޔާ
ހުސްކޮށް ދިނީމާ މަށަށްވެސް ގޯލުތެރެއަށް ބޯޅަފޮނުވާލެވިދާނެ. ރޮނާލްޑޯގެ ކުޅުމެއް ރެއަކުނުފެނުނު
މެސީ ފޭންބޯއީއެއް ކަމަށް ވާނީ.. ބޯހަމަނުޖެހޭނެ މިސޮރުންގެ