މެސްކް އިން އިންތިޒާމު ކޮށްގެން ދާންދޫގައި ބޭއްވި ރަމަޟާން ފުޓްސަލް ކަޕު ޑިވައިން ބޯއިސް އިން ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެން ދިޔަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

އެއްވަރު ވެގެން ފުރިހަމަ ވަގުތު ހަމަވުމުން މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ފައިނަލް މެޗު ޑިވައިން ބޯއިސް ކާމިޔާބު ކުރީ 4-5 ގެ ނަތީޖާ އަކުން ޕެނަލްޓީ އިން ކްލަބް ރިވެންޖާސް ބަލިކޮށްގެންނެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާފައި ވާއިރު މިކުޅުންތެރިންނަކީ ޑިވައިން ބޯއިސްގެ ޖާޒީ ނަމްބަރު 6 ހުސައިން ޝަރީފް (އޮންލީ) ޑިވައިން ބޯއިސްގެ ޖާޒީ ނަމްބަރު 11 ޖާވިދު އަލީ، ކްލަބު ރިވެންޖާސްގެ ޖާޒީ ނަމްނަރު 9 އަލީ ހާފިޒް، ޑިވައިން ބޯއިސްގެ ޖާޒީ ނަމްބަރު 13 ހުސައިން ނާއިޒް އަދި ވައިކިން ގެ ޖާޒީ ނަމްބަރު 11 އިބްރާހިމް ސަމީހުއެވެ.

މީގެ އިތުރުން މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ކްލަބު ރިވެންޖާސް ހޮވިފައި ވާއިރު ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކްލަބު ރިވެންޖާސްގެ ޖާޒީ ނަމްބަރު 8 ހަސަން އިބްރާހިމްއެވެ. ހަމައެހެންމެ މުބާރާތުގެ ޕްރޮމިސިން ކުޅުންތެރި އަކަށް ހޮވިފައި ވަނީ އެފްސީ ޔަންގް ސްޓާސްގެ ޖާޒީ ނަމްބަރު 7 މުހައްމަދު ރައްޒާން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު، ޑިވައިން ބޯއިސް އަށް 15000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު ރަނަރ އަޕް ޓީމަށް ދީފައިވަނީ 7500 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތް ހިންގާ މްސްކް އިން މައުލޫމާތު ދޭގޮތުގައި ކުރިޔަށް އޮތް އަހަރުގައިވެސް ރަމަޟާން މަހާއި ދިމާކޮށް މިމުބާރާތް ބާއްވަން ވަނީ ނިންމާފައެވެ.