މަނިކަންޑަން އަކީ އޭނާގެ އުމުރުން ހަތް އަަހަރުގައި ކެރެލާގެ މަގުމަތީ ސަލާން ޖަހާ އުޅުނު، އެހެނަސް ހިތްވަރު ގަދަ ފިރިހެން ކުއްޖެކެވެ. މިހާރު 14 އަަހަރުގެ މަނިކަންޑަން އަށް މިވަނީ ޖުލައި މަހު، އެއް މަސް ދުވަހުގެ މުއްދަތަަށް ސްޕެއިން އަށް ގޮސް، ރިއާލް މެޑްރިޑްއާ އެއްކޮށް ތަމްރީން ވުމުގެ ފުރުސަތު ލިބިފައެވެ.

މި ކުޑަ ފިރިހެން ކުއްޖާގެ ހުނަރުވެރިކަން އެންމެންގެ ސަމާލުކަން ދަމައިގަތީ ޕްރެކްޓިސް މެޗެއްގައި، އޭނާގެ ކުޅުން ފެނިފައެވެ. އޭނާއަށް ވުރެ އުމުރުން ބޮޑު ޓީމަކާއި ވާދަކޮށް ކުޅުނު މެޗް ފެނިފައެވެ. އެހާ ހިސާބުން، އުމުރުން ކުޑަޔަސް އެއީ ހަމަ ޤައުމަށް ބޭނުންވާ ފަދަ ދަރިއެއްކަން އެންމެން ވެސް ވަނީ ޤަބޫލު ކޮށްފައެވެ.

R Manikandan was rescued at the age of seven

އިސްކޮޅުގައި ހަ ފޫޓް ހުންނަ މި ހުނަރުވެރި ކުޑަ ފިރިހެން ކުއްޖާ ދިރިއުޅެމުންދަނީ ކުޑަކުދިން ބަލަހައްޓާ ތަނެއްގައެވެ. އޭނާއަށް ދޭ ސަޕޯޓާމެދު އޭނާގެ ކޯޗަށް ފަށްފަށުން ޝުކުރު ކުރާ ހާލު އޭނާ ބުނެފައި ވަނީ، ފުޓްބޯޅަ އަކީ އޭނަގެ ޕެޝަން ކަމުގައެވެ. އަދި ހަމަ އެހެންމެ "މެސީ" އަކީ އޭނަގެ ފޭނެއް ކަމުގައެވެ.

ކަން މިހެން އޮތުމުން، އިތުރަށް ލިބޭ ތަމްރީނު ތަކުގެ އަލީގައި މަނިކަންޑަން އަކީ ފުޓްބޯލް ގެ ހަޔާތުގައި ވިދާލާނެ ރަން ތަރިއަކަށް ވާނެ ކަމުގެ އުންމީދު މި ދަނީ އެންމެންނަށް ވެސް ކުރެވެމުންނެވެ.