އަންނަ މަހުގެ 01 ވަނަ ދުވަހު މާލޭގައި ފަށާ ސާފު ޗެމްޕިއަންޝިޕްގެ ފޮޓޯ "ވަގުތު" އަށް ނަގައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

"ވަގުތު" އިން ބުނީ ސާފް ޗެމްޕިއަންޝިޕްގެ މެޗްތަކުގެ ފޮޓޯ ނަގައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން "ވަގުތު" ގެ ނަމްބަރު 7641446 އަށް ގުޅުވައި މައުލޫމާތު ސާފުކުރުން އެދޭކަމަށެވެ. މުބާރާތުގެ ފޮޓޯ "ވަގުތު" އަށް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތަކާއި މަސައްކަތް ހަވާލުކުރާނެއެވެ.

"ވަގުތު" އަށް މުބާރާތުގެ ފޮޓޯ ފޯރުކޮށްދޭ ފަރާތަކަށް "ވަގުތު"ގެ ހުއްދަ ނެތި އިތުރު އެއްވެސް ފަރާތަކާއި ފޮޓޯތައް ހިއްސާއެއް ނުކުރެވޭނެއެވެ.

ރާއްޖެ އިން މިއަހަރު ނިކުންނަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ތިންވަނަ ފަހަރަށް ކާމިޔާބު ކުރާށެވެ. ރާއްޖެ އިން ފުރަތަމަ ފަހަރަށް މިމުބާރާތް ކާމިޔާބު ކުރީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވެސް ރާއްޖެ އިން މިމުބާރާތް ކާމިޔާބު ކުރިއެވެ.