ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތުގައި ޓިއުނީޝިއާގެ ވަރުގަދަ ކުޅުންތެރިއެއް ބަލިކޮށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ފެންވަރު ދައްކާލައިފި އެވެ.

ޓިއުނީޝިއާގައި ރޭންކިންގެ މުބާރާތް ކުރިޔަށްދާއިރު ދީމާ ވާދަކުރަނީ 15 އަހަރުންދަށުގެ ކެޓަގަރީގައެވެ. މިހާތަނަށް ދީމާ ވަނީ ރޭންކިންގެ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗު ޓިއުނީޝިއާ ބަލިވިއިރު ދެވަނަ މެޗުން ދީމާ ވަނީ އަވައްޓެރި އިންޑިއާގެ ކުޅުންތެރިއެއް އަތުން ބަލިވެފައެވެ.

ވޯލްޑް ރޭންކިންގައި ދީމާގެ ނަން ހިފެހެއްޓުމުގެ މަގުސަދުގައި އޭނާ މި މުބާރާތުގައި ބައިވެރިވާއިރު، ކުރިޔަށް އަދިވެސް ވަރުގަދަ މެޗުތަކެއް ދީމާއަށް އެބަހުއްޓެވެ. ދެން އޭނާ ކުޅެން ޖެހޭނީ މިސްރާއި ޓިއުނީޝިއާގެ އެހެން ކުޅުންތެރިއަކާއެވެ.

ދީމާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ދުނިޔޭގެ ޓީޓީ ރޭންކިންގެ 15 އަހަރުންދަށުގެ އަންހެން ކުޅުންތެރިންގެ ބައިގައި ދީމާ މިހާރު ހިމެނެނީ 13 ވަނައިގައެވެ. މީގެކުރިން ދީމާ ވަނީ 8 ވަނައިގައި ވެސް ހިމެނިފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރޭންކިންގެ ގަދަ 10 އަށް ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.

ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި މުބާރާތެއްގެ 11 އަހަރުންދަށުގެ އުމުރުފުރާއިންނެވެ. އެފަހަރު އޭނާ ވަނީ ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ބަލިކޮށްފައެވެ. އެއަށްފަހު ދީމާ ވަނީ ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މީގެއިތުރުން އުމުރުން އެންމެ 11 އަހަރުގައި އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ހޯދާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީިޖޖޮ

    މަރުހަބާ.ކުރިއަށް އޮތްތާ އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރަން

    4
    1
  2. ޓެނިސް

    މަހްލޫފްއަށް އަށް ޓްްވީޓް ކުރަން އިނގެނީ ދީމާގެ ހަބަރު އެކަނިތަ. ޢައިޓީ ޕީ ޓެނިން ކޮލިފައިންގަ ރާްއްޖެ ތިންވަނައަށް ދިޔަ ވާހަކަ ވެސް ޓްވީޓް ކޮށްބަލަ