ފްރާންސް އަތުން 3-4 އިން ބަލިވެ ވޯލްޑް ކަޕުން އާޖެންޓީނާ ކަޓައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ފްރާންސް އިންނެވެ. ފްރާންސް އަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަންއެވެ. މި ޕެނަލްޓީ ފްރާންސް އަށް ލިބުނީ އެމްބާޕޭ އަށް އާޖެންޓީނާގެ ޑިފެންޑަރު ރޯހޯ ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލަށްފަހު ވެސް ކައުންޓަ އެޓޭކުތަކުގައި ފްރާންސް އިން ދިޔައީ އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މެޗުގެ 41 ވަނަ މިނެޓްގައި އެންހެލް ޑިމަރިޔާގެ ގޯލުން އާޖެންޓީނާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ފްރާންސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އާޖެންޓީނާ އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ގެބްރިއަލް މަކާޑޯއެވެ. ނަމަވެސް އާޖެންޓީނާ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ނުވަ މިނެޓަށެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓްގައި ބެންޖަމިން ޕަވާޑް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޕަވާޑް މި ގޯލު ކާމިޔާބުކުރީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އަދި މެޗުގެ 64 ވަނަ މިނެޓްގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމްބާޕޭ ފްރާންސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިންއިރު އޭގެ ހަތަރު މިނެޓްފަހުން އޭނާ ވަނީ ފްރާންސްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ދެ ގޯލާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ މެޗެއްގައި ދެ ގޯލު ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. މި ޝަރަފު މީގެކުރިން އޮތީ ބްރެޒިލްގެ ތަރި ޕެލޭގެ އަތުގައެވެ.
އާޖެންޓީނާ އިން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ މެސީ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ސާޖިއޯ އަގުއެރޯއެވެ.
މި މެޗުން ބަލިވެ މުބާރާތުން އާޖެންޓީނާ ކެޓިއިރު މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ މެޗެއްގައި ތިން ގޯލު ކާމިޔާބުކުރި ޓީމެއް މެޗަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ވޯލްޑް ކަޕްގައި ސައުތް އެމެރިކާގެ ޓީމުތައް އަތުން ބަލިނުވެ ފްރާންސް އިން ހަމަކުރި ނުވަ ވަނަ މެޗުވެސް މެއެވެ.
އާޖެންޓީނާ ވޯލްޑް ކަޕުން ކެޓިއިރު އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް އެޓީމާއެކު ތަށްޓެއް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އާޖެންޓީނާގެ ސީނިއާ ޓީމަށް މެސީ ކުޅެން ފެށީ 2005 ވަނަ އަހަރުއެވެ.
މުބާރާތުގެ ކުއާޓާފައިނަލަށް ފްރާންސް ދަތުރުކޮށްފައިވާއިރު، ކުއާޓާގައި އެޓީމު ބައްދަލުކުރާނީ އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މެސީ ކިތަންމެ މޮޅަސް ޓީމުގެ އެހެންކުޅުންތެރިންގެ ކަމެއް ނެތީމާ ވާނީ މިހެންނެވެ. މޮޅު ކުޅުމެއް ނުދެއްކޭނެއެވެ. މެސީއަށް ދެނީ މަދު ބޯޅައެކެވެ. އެ ބޯޅަ އޭނާ ގެއްލުވާލާތަނެއް ނުފެނެއެވެ.
މެސީ އަކީ ބޮޑު ރަނޑެއް
2018 ފީފާ ވޯލްޑްކަޕުގެ ފައިނަލުގައި އާޖެންޓީނާ ކުޅޭތަން ބަލަން ކެތްމަދުވެފަމިހުރީ....
ފޭނުންނަށް ވަރަށް ސަލާން
މެސީ ނެތަސް ރަގަޅު މިޑްފިލްޑް ލައިނެއް އޮންނަ ނަމަ އާޖެންޓީނާ މޮޅުވާނެ! މިސާލަކަށް 1998 ވަނަ އަހަރު ފްރާންސްގެ ޓީމް ފުދޭ!
އާޖެންޓީނާ އިން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ މެސީ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ސާޖިއޯ އަގުއެރޯއެވެ.
ކޮންމެ އައު އެއްޗަކީ ބާވާނެއެއްޗެއް ކޮންމެ އުފެއްދެވުމަކީ ނެތިދާނެ އެއްޗެއް ވީއިރު މެސީ ވެސް ބާވާނެ އަދި ނެތިވެސް ދާނެ ،، އެހެނަސް އެއީ ވަރަށް މޮޅު ކުޅުންތެރިއެއް ހަމައެންމެ މޮޅު އެއްކުޅުންތެރިޔާ އެއީ ދުނިޔޭގެވެސް ..........
ޕޯޗުގަލް އޮތީ ކުއާޓާގަ ރޮނާލްޑޯގެ މޮޅުކުޅުމާއެކު ދެން ލަލަލާ