އުރުގުއޭ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެނެވެ. އެކަމަކު ދެވަނަ ބުުރުގައި އުރުގުއޭ އަށް މި އޮތީ ވަރުގަދަ އިމްތިހާނެކެވެ. ދެވަނަ ބުރުގައި ޕޯޗުގަލްއާ ބައްދަލުކުރާ މެޗަކީ މި މުބާރާތުގައި އުރުގުއޭ އަށް މިިހާތަނަށް ކުރިމަތިލާންޖެހޭ އެންމެ ވަރުގަދަ މެޗެވެ.

ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ސްޕެއިން އާއި އީރާންްއާ އެއްވަރުވެ، މޮރޮކޯ ބަލިކޮށްގެނެވެ. މި މުބާރާތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިހާތަނަށް ހަތަރު ލަނޑު ޖަހައިފަ އެވެ. މިރޭގެ މެޗުގައި ވެސް ޕޯޗުގަލް ލީޑުކުރާނީ ރޮނާލްޑޯ އެވެ.

މި މެޗަށް ނުކުންނައިރު، ޕޯޗުގަލްގެ ގެލްސަން މާޓިނޭޒް އާއި ރަފައެލް ގުއެރޭރޯ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިޑްފީލްޑަރ ވިލިއަމް ކަވާލިއޯ މިރޭގެ މެޗުގައި ނުފެނިދާނެ އެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނީ އުރުގުއޭ ބަލިކުުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"މިއީ ދެކުނު އެެމެރިކާގެ ސްޓައިލަށް ކުޅޭ ޓީމެއް. އެއް ކޯޗަކާއެކު ގިނަ ދުވަހު މަސައްކަތްކޮށްފައިވާތީ، އުުރުގުއޭގެ ޓީމު ފެންނަނީ ތަފާތުކޮށް. އަހަރެމެންނަށް މި މެޗު ފަސޭހައެއް ނުވާނެ،" ސަންތޯސް ބުންޏެވެ.

އުރުގުއޭ އަށް ބަލާއިރު ޑިފެންޑަރ ހޯސޭ ޖިމިނޭޒް ވަނީ މިހާރު ފިޓުވެފަ އެވެ. އިތުރު އަނިޔާގެ މައްސަައެއްް ނެތެވެ.

އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ މި މެޗަށް ނުކުންނައިރު އުރުގުއޭގެ ޓީމު ރަނގަޅުކުރަންޖެހޭ ވަަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

އުރުގުއޭ:

ވޯލްޑް ކަޕްގެ ގަދަ 16 އަށް އުރުގުއޭ މިހާތަނަށް ދަތުރުކުރި ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު އެ ޓީމު ވަނީ މުބާރާތުން ކަަޓައިފަ.

ވޯލްޑް ކަޕްގައި ފުރަތަމަ ކުޅުން ހަތަރު މެޗުން މިހާތަނަށް އުރުގުއޭ މޮޅުވީ 1930 ވަނަ އަހަރު އެކަނި.

ޕޯޗުގަލް:

ޕެނަލްޓީ ޝޫޓްއައުޓްތައް އުނިކުރުމަށް ފަހު ބަލާއިރު، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުން.

ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ރޮނާލްޑޯ އަށް އަދި ލަނޑެއް ނުޖެހޭ.

އެނގޭތަ؟

މި އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ ޖެހި ފަސް ލަނޑަކީ ވެސް ސެޓްޕީސްތަކުން ޖަހާފައިވާ ލަނޑުތަކެވެ.